ސްވިޑްން އަކީ ފިންލަންޑާއި ނޯވޭއާ ދެމެދުގައިވާ 14 ޖަޒީރާގެ މައްޗަށް އެކުލެވޭ ގައުމެކެވެ. ސްވިޑްންގައި ކޯރާއި ކުޅި ވަރަށް ގިނައެވެ. ވެރިރަށަކީ ސްޓޮކްހޯމް އެވެ. އާބާދީ އަކީ 10 މިލިއަން އެވެ.
ސްވިޑްންގެ މަޖިލިސް މެންބަރުންނަށް ޕްރައިވެޓް ކާރެއް، އޮފީހެއް މަގާމުގެ ނަމެއް ނޯވެއެވެ. އެމީހުން ތަންތަނަށް ގޮސްހަދަނީ އާންމު ދަތުރުފަތުރުގެ ނިޒާމުގައެވެ. އެމީހުންނަށް އިމްތިޔާޒުތަކެއް ނޯވެއެވެ. އުޅެން ޖެހެނީ އާންމު ރައްޔިތުންނެކޭ އެއްފަދައިންނެވެ.
ސްވިޑްންގެ މިނިސްޓަރުން ނަށްވެސް ޕްރައިވެޓް ކާރެއް ނޯވެއެވެ. ޑްރައިވަރެއް ނުހުރެއެވެ. އެމީހުންވެސް ދަތުރުކުރަން ޖެހެނީ އާންމުންވެސް ދަތުރުކުރާ ތޮއްޖެހިފައިވާ ބަހުގައާއި ރޭލުގައެވެ. ޝަރީއަތް ކުރެވެނީވެސް އާންމު ރައްޔިތުންނެކޭ އެއްގޮތަށެވެ. އެއްވެސް އިމްތިޔާޒެއް ނޯވެއެވެ.

ސްވިޑްންގެ މަޖިލިސް މެންބަރުން އާއްމު ބަހެއްގައި ދަތުރުކުރައްވަނީ
“އެމީހުންނަށް މުސާރަ ދެނީ ރައްޔިތުންގެ ފައިސާއިން. ވީމާ އެމީހުންނަށް ވަކި ޚާއްސަ ގޮތްތަކެއް އޮންނާކަށް ނުޖެހޭ” ސްވިޑްންގެ ރައްޔިތެއް ކަމަށްވާ ޖޯޚިމް ހޯމް ބުންޏެވެ. މަޖިލިސްގެ ރައީސް އަށްވެސް ދީފައި އޮންނަނީ އާންމު ދަތުރުފަތުރުގައި ބޭނުންކުރާ ކާޑެކެވެ.
ޚާއްސަ އިނާޔަތެއް އޮންނަނީ ހަމައެކަނި ބޮޑުވަޒީރަށެވެ. އޭނާއަށް ކާރަކާއި ސަލާމަތީ ރައްކާތެރިކަން ދީފައި އޮވެއެވެ.
މަޖިލިސް މެންބަރުންނަށް މުސާރައަކީވެސް އެލެމެންޓަރީ ޓީޗަރެއްގެ މުސާރައިގެ ދެގުނަ ވަރުގެ އަދަދެކެވެ. ސްވިޑްންގެ ކައުންސިލަރުންނަށްވެސް އޮފީހެއް ނުހުރެއެވެ. މުސާރައެއް ނޯވެއެވެ. އެމީހުން މަސައްކަތް ކުރަން ޖެހެނީ ގޭގައެވެ.
