ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޤާނޫނީ ދާއިރާއިން ޑިގްރީ ޕްރޮގުރާމެއް މަޖިލިސް މެމްބަރުންނަށް

ރައްޔިތުންގެ މަޖިލީހަކީ ދިވެހި ރާއްޖޭގެ ޤާނޫނުތައް ހަދާތަން ކަމުގައި ވާތީ، މަޖިލިސް މެމްބަރުންނަށް ޚާއްސަކޮށްގެން ޝަރީއާ އެންޑް ލޯގެ ޑިގްރީ ޕްރޮގުރާމް ހިންގަން މަޖިލީހުގެ އިދާރާއިން އިއްޔެ ވަނީ ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއެކު އެއްބަސްވުމެއްގައި ސޮއެކޮށްފައެވެ. މަޖިލީހުގެ އަށް މެމްބަރުން ބައިވެރިވާގޮތަށް ހަމަޖެހުނު މި ޕްރޮގުރާމް ކުރިއަށް ދާނީ އެއް އަހަރު ދުވަހަށެވެ.

ކޯހުގައި ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތުގެ މަޢުލޫމާތު ވަނީ އިސްލާމިކު މިނިސްޓްރީއިން މަޖިލީހުގެ މެމްބަރުންނާއި މަޖިލީހުގެ އިސްވެރިންނަށް ދީފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ އަލީ އާރިފްވެސް ބައިވެރިވެ ވަޑައިގަތެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ދެއްކެވި ވާހަކަފުޅުގައި މިފަދަ ކޯހެއް ބޭއްވުމުގެ ބޭނުމަކީ 20 ވަނަ މަޖިލީހަކީ މަތީ ތަޢުލީމު ހާސިލްކޮށްފައިވާ، ޤާބިލް މެންބަރުންތަކެއް ތިބި މަޖިލީހަކަށް ހެދުން ކަމުގައި ވިދާޅުވިއެވެ. އަދި ވިދާލުވީ މަޖިލީހަކީ އިލްމީ ގޮތުން މަސައްކަތްތަކެއް ކުރާ ނަމޫނާ މަޖިލީހަކަށް ހައްދަވަން ބޭނުންފުޅުވާ ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top