ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އަނދިރިކަން” – ޝޫޓިން ލޮކޭޝަނުން

މ. މަޑުއްވަރީގައި މިހާރު ވަރަށް ހަލުވި ސްޕީޑެއްގައި ޝޫޓްކުރަމުން އަންނަ، ސީޒަން އާއި މާސްކޭގެ ފީޗާ ފިލްމު “އަނދިރިކަން” ޝޫޓިން ތެރެއިން ބައެއް މަންޒަރުތައް މުނިއަވަސްގެ ކިޔުންތެރިންނާ ހިއްސާކޮށްލާނަމެވެ.

އަންނަ އޮކްޓޫބަރު މަހު އެޅުވުމަށް އަމާޒުހިފާފައިވާ ފިލްމު “އަނދިރިކަން” މިއީ އެސް ޕްރޮޑަކްޝަނާއި މާސްކޭ ސްޓޫޑިއޯއިން އުފައްދާ އާއިލީ ޑްރާމާއެކެވެ.

ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަހުމަދު ޒަރީރު އެވެ. ޑައިރެކްޓްކުރަނީ ސީޒަންއެވެ. ކެމެރާ ކުރަނީ މާސްކޭ އެވެ. މޭކަޕް ކުރަނީ ޒީނަތު އައްބާސް އެވެ.

https://www.facebook.com/103414061032384/videos/644308599396380/

“މި ސްކްރިޕްޓަށް ފިލްމު ހަދަން ފެށުމުގެ ކުރިން ބައެއް މީހުންނާ ޝެއާ ވެސް ކޮށްލިން. ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެއްޗަކަށް މީތި ވީ. އަހަރެން ބުނާނީ ބެލުންތެރިން ޝައުގުވެރިކަމާ އެކު ބަލަން ތިބޭ ކަހަލަ ފިލްމަކަށް އަނދިރިކަން ވާނޭ،” ‘މިހާރު’ އޮންލައިން އަށް ސީޒަން ބުނެފައިވެއެވެ.

ސީޒަން ބުނީ މި ފިލްމުގެ މައިގަނޑު ޕްލޮޓަކީ ރާއްޖޭގެ މުޖުތަމައުގައި ހިނގަމުންދާ މައްސަލައެއް ކަމަށެވެ.

ފިލްމު “އަނދިރިކަން” ޝޫޓިން ތެރެއިން – ފޮޓޯ: އަނދިރިކަން ފޭސްބްކް ޕޭޖް

އަނދިރިކަން” ފިލްމު ލީޑް ރޯލުން ފެނިގެން ދާނީ ސީޒަން އާއި އައިމިނަތު ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޒީނަތު އައްބާސް، އަހުމަދު ސައީދު، މަރިޔަމް ޝަކީލާ އަދި މުހައްމަދު ރަޝީދު (ދަރާބެ) ހިމެނެ އެވެ.

އަނދިރިކަން” ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top