އޮސްކާގެ ބިދޭސީ ބަހުރުވައިގެ ފިލްމު ކެޓަގަރީ އަށް ޕާކިސްތާނުން ހޮވި ފިލްމް “ލާލް ކަބޫތަރު” ހުށަހަޅަން ނިންމައިފި އެވެ.
“ލާލް ކަބޫތަރު” މިއީ މި އަހަރުގެ މާޗް މަހު ރިލީޒްކުރި ޕާކިސްތާނުގެ އެކްޝަން ކްރައިމް ތުރިލާއެކެވެ. މިއީ ކަމަލް ޚާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ އަހުމަދު އަލީ އަކްބަރު އާއި މަންޝާ ޕާޝާގެ އިތުރުން ރާޝިދު ފާރޫޤީ އެވެ.
“ލާލް ކަބޫތަރު” ގައި ކިޔައިދެނީ އަންހެން ނޫސްވެރިއެއްގެ ފިރިމީހާ މަރައިލުމުން އޭނާ އަށް އިންސާފު ހޯދައިދޭން ކުރާ މަސައްކަތުގެ ތެރޭގައި ކުރިމަތިވާ ހާދިސާތަކެވެ.
ކިޔުންތެރިންގެ ޚިޔާލު
