ރާއްޖޭގެ ތިން ރީޖަނަލް ހޮސްޕިޓަލެއްގެ ފެންވަރު ރަނގަޅުކުރުމަށް ހެލްތް މިނިސްޓްރީން އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއެވެ. އެއްބަސްވުމުގައި ހިމެނެނީ ތިން ރީޖަނަލް ހޮސްޕިޓަލެއްގެ ވޯރޑްތައް އެއަރ ކޮންޑިޝަން ކުރުމާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ އިންޖީނުގެ އަޕްގްރޭޑް ކުރުމުގެ އިތުރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ އައު ފިޔަވަހި އިމާރާތުގެ ބިލް އޮފް ކުއަންޓިޓީ ތައްޔާރުކުރުމެވެ.
އެއްބަސްވުންތަކުގެ ދަށުން ލ. ގަން ރީޖަނަލް ހޮސްޕިޓަލްތަކުގެ ވޯޑްތައް އެއަރ ކޮންޑިޝަން ކުރުމަށް ހަވާލުކޮށްފައިވަނީ ޕްރޯ އޭސީ އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްތަކުގެ ވޯޑުތައް އެއަރ ކޮންޑިޝަން ކުރުމަށް ހަވާލުކޮށްފައިވަނީ އައިރިން އެންޓަ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްތަކުގެ ވޯޑުތައް އެއަރ ކޮންޑިޝަން ކުރުމަށް ހަވާލުކޮށްފައިވަނީ ރެފްކޫލް ކުންފުންޏާއެވެ.
މީގެ އިތުރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ އައު ފިޔަވަހި ފަރުމާކޮށް ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ހެދުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑާއެވެ. އަދި އެ ހޮސްޕިޓަލުގައި ޕަވަރ ހައުސް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ އައިރިން އެންޓަ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއާއެވެ.
ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ވޯޑްތައް އެއަރ ކޮންޑިޝަން ކުރުމުގެ މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ. އަދި ސްޕިޓަލް ނިއުވިންގް ޑިޒައިން ކޮށް ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ހެދުމުގެ މަސަކަތް 40 ދުވަސްތެރޭގައި ނިންމަންޖެހެ އެވެ. އޭގެއިތުރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި އިންޖީނުގެއެއް އިމާރާތްކުރުމުގެ މަސައްކަތް 67 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި