ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައްޑޫ ސިޓީއަށް ޔޫއްޕެގެ “ދަޢުވަތު” ގެންދަނީ

ވީމީޑިއާ އޮރިޖިނަލްސްގެ ފުރަތަމަ ފީޗާ ފިލްމު “ދައުވަތު” އައްޑޫ ސިޓީގައި ދެއްކުމަށް ނިންމައި ޓިކެޓް ވެސް ވިއްކަން ފަށައިފި އެވެ.

އައްޑޫގައި “ދައުވަތު” ދެއްކުމުގެ މަސައްކަތުގައި އުޅޭ ނިޝާން މުނިއަވަސް އަށް ބުނީ ދެ ޝޯގެ ޓިކެޓްވެސް މިހާރު ވިކެމުން ދާކަމަށާ 9403737 ނަންބަރަށް ގުޅުމުން ޓިކެޓް ގަންނަން ލިބޭނެ ކަމަށެވެ. މީގެ އިތުުރުން އެ ނަންބަރަށް ވައިބަރުން މެސެޖްކޮށްގެންވެސް ނަންނޯޓްކޮށްލެވޭނެ ކަމަށާއި ޓިކެޓް ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ނިޝާން ބުންޏެވެ.

ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށްފައިވާ ލޯބީގެ ބިރުވެރި ފިލްމު “ދަޢުވަތު” އައްޑޫގައި އެޅުވުމަށް ހަމަޖެހިފައިވަނީ މަރަދޫ ބޮނޑަގޭ ސިނަމާގައި ކަމަށް ނިޝާން މަޢުލޫމާތުދެއެވެ.

“ދަޢުވަތު”ގައި މަޝްހޫރު ފިލްމީ ތަރި މުހައްމަދު ފައިސަލް، ޒުވާން ހުނަރުވެރި ފިލްމީ ތަރި އަލީ އާޒިމް (ދޮން އައްޔަ)، ކުޅަދާނަ ބަތަލާ މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު) އަދި ފޯޓީޕްލަސްއިން ފިލްމީ ދާއިރާއަށް ތައާރަފްކުރި ޒިޔާދާވެސް ފެނިގެންދާނެއެވެ.

ބޮޑު ދިރާސާއަކާއެކު ކުޅަދާނަ އެކްޓަރު/ޑައިރެކްޓަރު އަދި ލިޔުންތެރިޔާ ޔޫސުފް ޝަފީއު ލިޔެފައިވާ މި ފިލްމުގައި ދައްކުވައިދެނީ އަލަތު ކައިވެނީގެ އުފާ ހޯދުމަށް ކުރާ ”ހަނީމޫނު“ދަތުރުގައި ދެމަފިރިއަކަށް ކުރިމަތިވާ ހާދިސާއެކެވެ. އެ ދަތުރުގައި އެމީހުންނަށް ކުރިމަތިލާންޖެހޭ ބިރުވެރި އެތައް ހާދިސާތަކެކެވެ. މި ހާދިސާތަކުގެ ފެށުމަކީ ސިހުރެވެ. އަދި ސިހުރުޖެހުމަށް މަގުފަހިވާ ކަންކަމެވެ.

އައްޑޫ ސިޓީގައި “ދަޢުވަތު” ދެއްކުމުގައި ހަރަކާތްތެރިވާ ޓީމުން ބުނީ އަންނަ ނޮވެމްބަރުު މަހު ރިލީޒްކުރާ ވީމީޑިއާގެ ދެވަނަ ފީޗާ ފިލްމު “ކޮސް ގިނަ މިސްޓޭކް” ދެއްކުމަށް ވެސް އެމީހުން ތިބީ ތައްޔާރަށް ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top