ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދަ ވައިޓް ފަޔަރ” – މުރަކަ ފަރުތަކުގެ ހިތްދަތި ހާލަތު ދައްކައިދޭ ފޮޓޯ މައުރަޒެއް

މޫސުމީ ބަދަލުތަކުގެ ސަބަބުން މުރަކަތަކުގެ ވެށްޓަށް އަންނަމުންދާ ބަދަލުތައް ދައްކުވައިދޭ “ދަ ވައިޓް ފަޔަރ” ފޮޓޯ މައުރަޒެއް މިމަހު 21 ން 24 އަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް އެންސީއޭ އިން ހާމަކުރައްވައިފިއެވެ. ހެނދުނު 10:00 އިން ރޭގަނޑު 10:00 މި ނެޝަނަލް އާޓް ގެލަރީގައި ބާއްވާ މި މައުރަޒުުގައި މުރަކަ ފަރުތަކުގެ ހިތްދަތި ހާލަތު ފެނިގެންދާނެ އެވެ.

މިއީ އެވޯޑް ހޯދާފައިވާ ފޮޓޯގްރާފަރު އައްޒު އާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖާއި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ އިތުރުން ވިޒިޓް މޯލްޑިވްސް އާއި ޖުމައިރާ ވިއްޓަވެލި ރިސޯޓް ގުޅިގެން ބާއްވާ މައުރަޒެކެވެ.

“ދަ ވައިޓް ފަޔަރ” މައުރަޒު ހުޅުވުން އޮންނާނީ މިމަހު20 ވަނަ ދުވަހުއެވެ. މާލޭގައި މައުރަޒު ކުރިއަށް ގެންދިއުމަށްފަހު ޖުމައިރާ ވިއްޓަވެލި ރިސޯޓަށް މަޢުޒަރު ގެންދާނެއެވެ. އެއަށްފަހު ޑިސެމްބަރު20 ން ފެށިގެން ޖެނުއަރީ10 ގެ ނިޔަލަށް އެ ރިސޯޓްގައި ފޮޓޯތައް ދައްކައިލުމަށް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

“ދަ ވައިޓް ފަޔަރ” މައުރަޒު ކުރިއަށްދާއިރު އާންމުންނަށް ހުޅުވާލައިގެން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެންސީއޭ އިން މަޢުލޫމާތު ދެއްވައެވެ. އެގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ އަންނަނިވި ދާއިރާތަކުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top