ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކަޕިލް ޝަރްމާ، ބޮޑުވަޒީރު މޯދީ އާ ބައްދަލު ކޮށްފި

ކަޕިލް ޝަރްމާ ޝޯވ ގެ ހޯސްޓް ޝަރްމާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ ރޭ ބައްދަލުކޮށްފި އެވެ. މި ބައްދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ ގައުމުގެ ބައްޕަ، މަހާތުމާ ގާންދީގެ 150 ވަނަ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ އެންޓަޓެއިންމަންޓް ޝޯވ އަށް މޯދީއަށް ދައުވަތު ދިނުމެވެ.

ކަޕިލް އޭނާގެ ޓްވިޓަރ ގައި މޯދީއާއެކު ނަގާފައިވާ ފޮޓޯ ހިއްސާ ކުރި ޕޯސްޓްގައި، “އިއްޒަތްތެރި ބޮޑުވަޒީރާ، ބައްދަލުވީތީ ވަރަށް އުފާކުރަން، އަދި ހިއްސާ ކުރެއްވި ޚިޔާލުފުޅަށް ޝުކުރު އަދާކުރަން، މަނިކުފާނުގެ ޒަޢާމަތުގެ ދަށުން ގައުމު އިތުރު ހަރުފަތަކަށް ގެންދާނެ ކަމާމެދު ޝައްކެއް ނުކުރަން، އަދި ތިޔަ ގޮތުގައި އަޅުގަނޑުމެންނަށް މަގު ދެއްކުމުގައި ދެމި ހުރުމަށް އެދި ދުއާ ކުރަން.” މިގޮތަށް ލިޔެފައި ވެއެވެ.

މި ފޮޓޯގެ އިތުރުން ބޮލީވުޑްގެ އިތުރު ތަރިންނާއި ޕްރޮޑިއުސަރުންނާ އެކު ބޮޑުވަޒީރު މޯދީ ނަގާފައިވާ ފޮޓޮއެއްގެ ފަހަތުންވެސް ކަޕިލް ޝަރްމާ ފެންނަން ހުރެއެވެ. މި މަންޒަރަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ މަންޒަރެކެވެ. އެ ފޮޓޯއަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވެއެވެ. ކަޕިލް ޝަރުމާގެ ބައެއް ސަޕޯޓަރުން އެ ފޮޓޯ އިން ޝަރްމާ ޒޫމް ކޮށްގެން އެމީހުންގެ ޓްވިޓަރ ގައި އާންމު ކޮށްފައި ވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top