ދީނީ ސުވާލެއް އޮތީތަ؟
ކުޅިވަރު
ޕޯޗުގަލްގެ އަންހެން ޓީމަށް “މާކިއުރިއަލް ޑްރީމް ސްޕީޑް” ބޫޓް ރޮނާލްޑޯ ހަދިޔާކޮށްފި

2020 ވަނަ އަހަރު ބާއްވާ ޔުއެފާ 17 އަހަރުން ދަށުގެ އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ “އެލީޓް” ބުރަށް ޕޯޗުގަލްގެ ޓީމް ދަތުރުކުރުމުން އެކަން ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ނައިކީގެ “މާކިއުރިއަލް ޑްރީމް ސްޕީޑް” ފުޓްބޯޅަ ބޫޓެއް ހަދިޔާކޮށްފިއެވެ.

“އަހަރެން މި މާކިއުރިއަލް ޑްރީމް ސްޕީޑް ބޫޓް ހަދިޔާ މިކުރަނީ ތިކުދިންގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެހީވެދިނުމުގެ އުއްމީދުގަ.” ރޮނާލްޑޯގެ މި ހަދިޔާ އާއެކު ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ރޮނާލްޑޯ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށްވުމަށް ދެކުނު ހުވަފެނާއި، އެ ހުވަފެނުގައި ކުލަޖެއްސުމަށް ކުރި ބުރަ މަސައްކަތަށް އަލި އަޅުވާލަމުން ރޮނާލްޑޯ އިތުރަަށް ބުނެފައިވަނީ “އަހަރެންނަށް އަހަރެންގެ ހުވަފެން ދެނެގަނެވުނު ފަދައިން އަހަރެން އުންމީދުކުރަނީ ތިކުދިންނަށްވެސް ތިކުދިންގެ ހުވަފެން ދެނެގަނެވި އެކަން ހަގީގަތަކަށް ހެދުމަށް ފަސްނުޖެހި މަސައްކަތް ކުރާނެކަމަށް. އަހަރެންނަށް އެކަން ހާސިލްކުރެވުނު ފަދައިން ތިކުދިންނަށްވެސް ކުރެވޭނެ.”

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައވާ ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއްގެ އިތުރުން އެހެންމީހުނަށް ހިތްވަރުދީ މޯޓިވޭޓް ކުރުމުގައި ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top