ދީނީ ސުވާލެއް އޮތީތަ؟
ކުޅިވަރު
ކްރިސްޓަލް ޕެލަސް ބަލިކޮށް ޗެލްސީ ތާވަލުގެ ދެވަނަ އަށް

​އިނގެރޭސި ޕްރިމިއަރ ލީގުގައި މިރޭ ޗެލްސީ އަދި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު 2 – 0 ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބުކޮށް ތާވަލުގެ 2 ވަނަ އަށް ޖެހިލައިފިއެވެ. 

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ހާފު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވިނަމަވެސް ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވެ މެޗުގެ 52 ވަނަ މިނެޓުގައި ޗެލްސީގެ ޒުވާން ހުނަރުވެރި ފޯވާޑް ޓެމީ އަބްރަހަމް ވަނީ ގޯލެއްޖަހާ ޗެލްސީ އަށް ކުރި ހޯދަދީފައެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 10 ވަނަ ގޯލެވެ. ދެވަނަ ހާފުގައި ކުޅުން ވަރުގަދަކޮށް ނުރައްކާތެރި ހަމަލާތަކެއް ޗެލްސީގެ ފަރާތުން ފެނިގެން ދިޔައިރު ކްރިސްޓަލް ޕެލަސް އަށް ޗެލްސީގެ ގޯލަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. މެޗުގެ 79 ވަނަ މިނެޓުގައި ޗެލްސީގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ފަހަކަށްއައިސް އެޓީމުގެ ފުރަތަަމަ 11 އިން ޖާގަ ހޯދަމުން އަންނަ ޒުވާން ހުނަރުވެރި މިޑްފިލްޑަރ ކްރިސްޓިއަން ޕުލިސިޗް އެވެ. މިއީ މި ސީޒަނުގައި ޗެލްސީ ޖެހި ޖެހިގެން ހޯދި ހަވަނަ މޮޅޮކަން ފާހަގަކޮށްލެވެއެވެ. 

ޗެލްސީ މިވަގުތު ތާވަލުގެ ދެވަނައިގައި އޮތް ނަމަވެސް، މިރޭ ލެސްޓާ ސިޓީ އަދި އާސެނަލް ބައްދަލުކުރާ މެޗުން ލެސްޓާ ސިޓީ މޮޅުވެއްޖެ ނަމަ ތާވަލުގެ ތިންވަނަ އަށް ވެއްޓޭނެއެވެ. އަދި މާދަމާ ރޭ ލިވަޕޫލް އަދި މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެ ނަމަ ތާވަލުގެ ހަތަރުވަނައަށް ވެއްޓޭނެއެވެ.

ކުށް ފިލުވީ: އަޙްމަދު ރަޝީދު

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top