އިންޑިއާ ފުޓުބޯޅައިގެ ރަން އަހަރުގެ މައްޗަށް ހަދާފައިވާ ފިލްމު ‘މައިދާން’ ދިގު އިންތިޒާރަކަށް ފަހު 27 ނޮވެމްބަރ 2020 ގައި ރިލީޒް ކުރުމަށްޓަކައި އަންނަނީ ތައްޔާރު ވަމުންނެވެ.
އަޖޭ ދޭވްގަން ލީޑް ރޯލް ކުޅޭ މި ފިލްމުގައި އަޖޭ ކުޅޭ ރޯލަކީ 1951 އަދި 1962 ގައި އޭޝިއަން ގޭމްސްގެ ފުޓުބޯޅައިން އިންޑިއާއަށް ރަން މެޑަލް ހޯދައިދިން ކެޕްޓަން ސައްޔިދު އަބްދުއްރަހީމްގެ ރޯލެވެ.
މި ފިލްމުގެ މަންޒަރުތައް ނެގުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށް ދާއިރު މާރިޗު 2020 ގައި ހުރިހާ މަންޒަރުތަކެއް ނަގާ ނިންމާލެވޭނެ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.
މި ފިލްމް ޕްރޮޑިއުސް ކުރި ޕްރޮޑަކްޝަން ކޮމްޕެނީގައި ހިމެނެނީ، ބޮނީ ކަޕޫރު، އާކާޝް ޗައުލާ، އަދި އަރުނަވާ ޖޯއީ ސެންގުޕްތާ އެވެ. ފިލްމުގެ ސްކްރީން ޕްލޭ އަދި ޑައިލޮގް ތައްޔާރު ކޮށްދީފައި ވަނީ ސައިވީން ކޯޑްރޮސް އަދި ރިތޭޝް ޝާހް އެވެ.
