މި އަހަރު ސެޕްޓެމްބަރު މަހު މަޝްހޫރު އެކްޓަރ/ޑައިރެކްޓަރ ޢަލީ ސީޒަން އަށް ”ލޯބި ވެވިއްޖެ“ ކަމަށް ބުނި ފަހުން، “ލޯބި ވެވިއްޖެ”ގެ ޚަބަރެއް ނުވިޔަސް، އެ ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް ސީޒަން ބުނެފިއެވެ.

އެސް ޕްރޮޑަކްޝަންސް އިން އުފެއްދުމަށް ތައްޔާރުވަމުން އަންނަ ”ލޯބި ވެވިއްޖެ“ގެ ސްކްރިޕްޓާއި ޕްރީ-ޕްރޮޑަކްޝަންގެ މަސައްކަތުގެ އިތުރުން ފިލްމުގެ ލަވަތަކު މަސައްކަތްވެސް ކުރަމުން އަންނަކަމަށް މިއަދު ސީޒަން ވަނީ ބުނެފައެވެ.

ފިލްމުގެ ޝޫޓިން މި އަހަރު ތެރޭ ފަށާނެ ކަމަށާއި ފިލްމުގެ ކާސްޓުންވެސް މާ ލަސްތަކެއް ނުވެ އިޢުލާނު ކުރާނެ ކަމަށް ސީޒަން ބުންޏެވެ.

ފިލްމު ”ލޯބި ވެވިއްޖެ“ގެ ސްކްރީންޕްލޭ ލިޔަނީ ސްކްރީން ރައިޓަރ ޒަރީރު އެވެ. މި ފިލްމުގެ ވާހަކައަކީ ކޮން ކަހަލަ ޖޮންރާއެއްގެ ވާހަކައެއްކަން ވެސް ފަހުގެ ތާރީޚެއްގައި ހާމަކުރާނެ ކަމަށް ސީޒަން މަޢުލޫމާތު ދެއެވެ.

ފިލްމުގެ ލަވަތަކުގެ ތެރެއިން “އިޝްގުގާ” ލަވައިގެ މަސައްކަތްތައް މިދިޔަ އާދީއްތަ ދުވަހު ވަނީ ކޮށްފައެވެ. އިބްރާހިމް ނިފާރު (ތިއްތި) މިއުޒިކް ހަދާފައިވާ މި ލަވައިގެ އަޑުގެވެރިޔަކީ މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ކޮށްފައިވާ ހުނަރުވެރި ލަވަކިޔުންތެރިޔާ އަޙްމަދު އިބްރާހިމް (އައްމަޑޭ) އެވެ.

ފިލްމު “ލޯބި ވެވިއްޖެ”ގެ ލަވަތަކުގެ ތެރެއިން “އިޝްޤުގާ” ލަވަ ރެކޯޑިން ލަންކާގައި ކުރިއަށްދަނީ – ފޮޓޯ: އެސް ޕްރޮޑަކްޝަންސް

ސީޒަން އުފައްދާފައިވާ ފިލްމުތަކުން ރިލީޒްވުމުގެ މަގުމަތީގައި އޮތީ ”އަނދިރިކަންް“ ފިލްމެކެވެ. ސީޒަން އާއި މާސްކޭ އުފައްދާފައިވާ ”އަނދިރިކަންް“ ރިލީޒްކުރުން ފަސްކޮށްފައި ވާއިރު، އެ ފިލްމު ރިލީޒްކުރާނެ ތާރީޚެއް އިޢުލާނުކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މި ފަހަކަށް އައިސް ސީޒަން އުފައްދަމުން އަންނަ ފިލްމުތަކުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ. އެގޮތުން ”އަނދިރިކަންް“ ފިލްމުގެ މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.