ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފިލްމު އުފެއްދުމުގެ ދާއިރާއިން ނަހޫ އަށް ބައިނަލްއަޤްވާމީ ވަރުގަދަ އެވޯޑެއް

ސައުތު އޭޝިއަން ޕާޓްނާޝިޕް ސަމިޓް އެންޑް ބިސްނެސް އެކްސެލެންސް އެވޯޑްސްގެ ޝަރަފުވެރި އެވޯޑެއް ދިވެހި ފިލްމު އުފެއްދުންތެރިޔާ ފާތިމަތު ނަހުލާއަށް މިރޭ ލިބޭކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

ދެކުނު އޭޝިޔާ ސަރަހައްދުގެ އެކިއެކި ވިޔަފާރިތަކުން އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކަށް ދެވޭ ‘ބިޒްނަސް އެކްސެލެންސް އެވޯޑް’ (ސަޕްސް) ފިލްމީ ދާއިރާއިން ކާމިޔާބު ޕްރޮޑިއުސަރ/ ޑައިރެކްޓަރ އަދި ލިޔުންތެރިޔާ ފާތިމަތު ނަހުލާއަށް މިރޭ ކޮލޮމްބޯގެ ހިލްޓަން ހޮޓެލްގައި އޮންނަ ރަސްމިއްޔާތެއްގައި ލިބޭނެ ކަމަށް ނަހުލާ މަޢުލޫމާތު ދެއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ފާހަގަކޮށްލެވޭ ސިޔާސީ، އިޖްތިމާއީ، އިޤްތިޞާދީ އަދި ކޯޕަރޭޓް ދާއިރާތަކުގެ އިސް ލީޑަރުން ބައިވެރިވެލައްވާ މި ހަފުލާގައި ގިނަ ޢަދަދެއްގެ ލީޑަރުން ބައިވެރިވާނެއެވެ. މިރޭ ކޮލޮމްބޯ ހިލްޓަންގައި ބާއްވާ އެވޯޑް ހަފުލާގައި ފިލްމީ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ ލީޑަރެއްގެ އެވޯޑް ނަހުލާއަށް ލިބޭނެއެވެ. ގާލާ ޑިނާ ނައިޓަކާއެކު އޮންނަ މި ހަފުލާގައި އެވޯޑް ދިނުމާއި ފިލްމީ ދާއިރާއަށް ނަހުލާ ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަކުރުމަށް ‘ސައިޓޭޝަން’ އެއް ކުރިއަށް ގެންދާނެއެވެ.

މިއީ އެއްވެސް ބަޔަކު އެދިގެން ނުވަތަ ހުށައަޅައިގެން ލިބޭ އެވޯޑެއް ނޫންކަން ފާހަގަކޮށްލެވޭއިރު މި އެވޯޑް ދެނީ ސަޕްސް އިން ހަދާ ދިރާސާއަކަށް ފަހު އެވޯޑް ހައްޤުވާ ފަރާތްތައް ކަނޑައެޅުމަށް ފަހުގައި ކަަމަށް ސަޕްސް ގެ ވެބްސައިޓް ބުނެއެވެ. އެގޮތުން ދެކުނު އޭޝިއާ ސަރަޙައްދުގެ އެކިއެކި ގައުމުތަކުގެ މެދުގައި ސަޕްސް އިން ކުރިއަށް ގެންދާ ދިރާސާއަކަށް ބެލުމަށްފަހު އެ ސަރަހައްދަކުން އެންމެ ފާހަގަކޮށްލެވޭ، އެންމެ ހައްޤުވެރި ފަރާތް ފާހަގަކޮށް އެވޯޑް ދެމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ.

މި އެވޯޑަކީ ދެކުނު އޭޝިއާގައި ފާހަގަކުރެވޭ ވިޔަފާރި ކުންފުނިތަކާއި ވިޔަފާރި މެނޭޖްމެންޓްގައި ފާހަގަކުރެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މި އެވޯޑަށް ހޮވޭ ފަރާތްތައް ކަނޑައަޅާފައި ވަނީ ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އޭޝިއަން ކޮންފެޑެރޭޝަން އޮފް ބިޒްނަސް އިން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އެ ޕެނަލްގައި ތިއްބަވަނީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ ވިޔަފާރީގެ ތަޖުރިބާކާރުންނެވެ.

ސައުތު އޭޝިއަން ޕާޓްނަޝިޕް ސަމިޓް އެންޑް ބިޒްނަސް އެކްސެލެންސް އަކީ ވޯލްޑް އެޗްއާރްޑީ ކޮންގުރެސް އިން 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ އެވޯޑެކެވެ. 2017 ވަނަ އަހަރު އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމަށް ސަޕްސް ގެ ލީޑަޝިޕް ކެޓަގަރީގެ އިންފްރާންސް ސްޓްރަކްޗާ އެންޑް ލޮޖިސްޓިކްގެ ބެސްޓް ސީއީއޯގެ އެވޯޑު ލިބިފައިވެއެވެ.

މި އެވޯޑަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ ޝަރަފުވެރި އެވޯޑެކެވެ. ނަހޫ އަށް މިރޭ ލިބޭ ކާމިޔާބީ އަށް މުނިއަވަސް އިން ވަރަށް ފަޚުރުވެރިކަމާއެކު މަރުޙަބާ ކިޔަމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Hajja6 އަހަރު ކުރިން

October 15 ga libun award vaahaka thi haama kohlee hama maadhan national award otheema ekamaa kada vegentho Filmy dhaairaaga ehen meehun ge kaamiyaabee ga nahulaa ufaleh ves nuvanee tho

ޝަބާ6 އަހަރު ކުރިން

Nahoo ah raajjeyn dhen award ehnlibeynee hama dark rain ge style ah film thah battan koggen. Nahoo raajjeyn award eh beynumiyya change ur style ingey.

Home
Menu
Search
Back to top