ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެޑެޕްޓްކޮށްގެން ވިޔަސް “ދެވަންސޫރަ” ވަރުގެ ފިލްމެއް ހެދޭނީ ޔޫއްޕެއަށް – ޝާހް

ނިމިދިޔަ ފިލްމު އެވޯޑްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ފިލްމު “ދެވަންސޫރަ” އަކީ ކޮޕީއެއް ކަމަށް ވާހަކަދެކެވި، ހިންދީ ކުރު ފިލްމު “ކްރިތީ” އާއި އަޅައިކިޔަމުންދާ މައްސަލައިގައި ފިލްމުގެ ދިފާޢުގައި އެ ފިލްމުގެ އެއް ޕްރޮޑިއުސަރ އަޙްމަދު ޝާހު ޢަލީ (ޝާހު) ބަސްބުނެފިއެވެ.

ޝާހު ބުނީ އެޑެޕްޓްކޮށްގެން ވިޔަސް، “ދެވަންސޫރަ” ވަރުގެ ފިލްމެއް އަދިވެސް ހެދޭނީ ހަމައެކަނި ޔޫއްޕެއަށް ކަމަށެވެ.

ޝާހު އަށް ނޭނގި “ދެވަންސޫރަ” ބައިސްކޯފަށް ވިއްކައިލި މައްސަލައާއި އޭނާއަށް ނޭނގި ފިލްމު އެވޯޑްސް އަށް އެ ފިލްމު ވެއްދި މައްސަލައިގައި މިވަގުތު ޔޫއްޕެއާ މެދު ހިތްހަމަނުޖެހިފައި ހުރިޔަސް، ޝާހު ބުނަނީ އެޑްޕެޓްކުރިޔަސް، ކޮޕީ ކުރިޔަސް ޔޫއްޕެއާ އެއް ފެންވަރަށް މަސައްކަތްކޮށްލެވޭނެ އެހެން ޑައިރެކްޓަރެއް ރާއްޖޭގައި ހުރިކަމަށް އޭނާ ޤަބޫލުނުކުރާ ކަމަށެވެ.

ޔޫއްޕެގެ މަސައްކަތަށް ވަރަށް ބޮޑަށް ތަޢުރީފުކުރަމުން ޝާހު ބުނީ މިވަގުތު އޭނާ ޔޫއްޕެ ދެކެ ކިތަންމެ ހިތްހަމަ ނުޖެހިފައިހުރިޔަސް، ހަޤީޤަތްވާނީ ޙަޤީޤަށް ކަމަށެވެ.

ފިލްމު “ދެވަންސޫރަ” އަކީ 15 މިނެޓްގެ ކުުރު ފިލްމު “ކްރިތީ”ގެ ކޮޕީއެއް ކަމަށް ބުނެ އިއްޔެއާއި މިއަދު އެކި މަންސަތަކުގައި ވާހަކަތައް ދައުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ފިލްމު “ދެވަންސޫރަ” ގެ ދިގުމިނަކީ 156 މިނެޓް 15 ސިކުންތަށް ވާއިރު، 15 މިނެޓްގެ ކުރު ފިލްމެއްގެ މައިގަނޑު ކޮންސެޕްޓް ނުވަތަ އައިޑިއާ ބޭނުންކުރުމުން އެއީ ކޮޕީކުރި ކަމަށް ބެލެވެން ނެތްކަމަށް ގަބޫލުކުރެވެއެވެ.

“އެއް ފަހަރުވެސް ނުބުނަން ‘ކްރިތީ’ އިން އެޑެޕްޓްކޮށްފަ އޮތް ފިލްމެއް ނޫންކަމަކަށް ‘ދެވަންސޫރަ’ އަކީ. އެކަމަކު ޔޫއްޕެ އާ އެއް ފެންވަރަށް އެޑެޕްޓްކޮށްގެން ނުވަތަ ކޮޕީކޮށްގެން ފިލްމެއް ހެދޭނެ އެހެން މީހަކު ރާއްޖެއަކު ނުހުންނާނެ. ވަރަށް ކެރިގެން އެހެން މި ބުނަނީ.” ޝާހު މިއަދު މުނިއަވަސް އަށް ބުންޏެވެ.

“މިހާރުވެސް އެބުނާ ކުރު ފިލްމު ‘ކްރީތީ’ ބަލައިގެން “ދެވަންސޫރަ” އަށްވުރެން މޮޅަށް މީހަކު އަންނަންވީ ފިލްމު ހަދަން. އަހަރެން ޚަރަދުކޮށްދޭނަން. އެކަމަކު “ދެވަންސޫރަ” އަށްވުރެން މޮޅަށް ނުހެދިއްޖެއްޔާ އަހަރެން ޚަރަދުކުރި ފައިސާ ވާނެ އަނބުރާ ހަވާލުކުރަން.” މިކަމުގައި ޗެލެންޖު ކުރަމުން ޝާހު ބުންޏެވެ.

ފިލްމު “ދެވަންސޫރަ” އަކީ މުނިއަވަސް އިން އެންމެ ފުރަތަމަ އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރި ފިލްމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top