ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިންޑިއާގެ ޑައިރެކްޓަރަކު ދިވެހި ތަރިން ހިމަނައިގެން ފިލްމެއް ހަދަނީ

އިންޑިއާގެ ކެރެލާ ސްޓޭޓްގެ ޑައިރެކްޓަރެއް ކަމަށްވާ ބޭނަޒީރު މުޚްތާރު ދިވެހި އެކްޓަރުންތަކެއް ބޭނުންކޮށްގެން ފިލްމެއް ހަދަން ނިންމާފައިވާކަމަށް އަމަން އަލީ (ޓޮމް) ބުނެފިއެވެ.

ފިލްމީ ތަރި ޓޮމް މުނިއަވަސް އަށް ބުނީ އިންޑިޔާގައި ކޮންމެވެސް ވަރަކަށް ފިލްމު ހެދުމުގައި ހަރަކާތްތެރިވާ ޑައިރެކްޓަރެއް ކަަމަށްވާ ބޭނަޒީރަކީ މިވަގުތު ރާއްޖޭގައި ދިރިއުޅެމުން އަންނަ މީހެއް ކަމަށާއި ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަންނާނުންތަކެއް ބޭނުންކޮށްގެން ފިލްމެއް ހެދުމަށް އޭނާ ނިންމާފައިވާ ކަމަށެވެ.

“މިއީ ދިވެހި އެކްޓަރުން ލައިގެން ހަދާ ދިވެހި ފިލްމެއް. ނަމަވެސް ފިލްމު އިންޑިޔާގެ ބަހަކުން ޑަބްކޮށްގެން އިންޑިޔާގަވެސް ދައްކާނެ.” ފިލްމާ ބެހޭގޮތުން ޓޮމް ބުންޏެވެ.

މިވަގުތު ނަން ހާމަކޮށްފައި ނުވިޔަސް މި ފިލްމުގައި ހަރަކާތްތެރިވާނެ ދިވެހި ބައެއް ފަންނާނުންގެ ނަންތައް އަމަން ހިއްސާކުރިއެވެ. އެގޮތުން ޔޫސުފް ޝަފީއު (ޔޫއްޕެ)، ޝީލާ ނަޖީބް، އައިމިނަތު ރިޝްފާ، އަމަން އަލީ (ޓޮމް) ގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) ފަދަ ތަރިން ހިމެނެއެވެ. އޭގެ އިތުރުން މަރިޔަމް ޝަހުޒާގެ އާއި ލަހުފާ ފަދަ ފަންނާނުން ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

މިއަދު ހަވީރު ސަލްސާ ރޯޔަލްގައި ފިލްމުގެ އެކްޓަރުންނާއެކު ސޮއި ކުރުމުގެ ރަސްމިއްޔާތެއް ބާއްވަން ނިންމާފައިވާ ކަމަށާއި އެ ރަސްމިއްޔާތުގެ ތެރެއިން ފިލްމުގެ ނަން ވެސް ހާމަކުރާނެ ކަމަށް ޓޮމް ބުންޏެވެ.

މި ފިލްމުގެ މަންޒަރުތައް ނަގަން ނިންމާފައިވަނީ، މިވަގުތު ބޭނަޒީރާއި އޭނާގެ އާއިލާ ދިރިއުޅެމުން އަންނަ އައްޑޫ ސިޓީގައެވެ.

މީގެ ކުރިން ތަމަޅަ ފިލްމެއްގެ ޑައިރެކްޝަންގައި ބޭނަޒީރު މަސައްކަތްކޮށްފައި ވެއެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top