މަޝްހޫރު ލަވަކިޔުންތެރިޔާ ހަމޫދު އަޙްމަދު އާއި ކުރިއަރަަމުން އަންނަަ ލަވަކިޔުންތެރިޔާ ލަައިބާ އަޙްމަދު މަހްލޫފްގެ “ހަނގާ” ލަވަ މިއަދު ރިލީޒްކޮށްފިއެވެ.
މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރާއި ވީޓީވީ ގުޅިގެން މިދިޔަ އަހަރު ގެނެސްދިން ”ޤައުމުގެ ދުލުން“ ޤައުމީ ލަވަ މުބާރާތުގެ 08 އަހަރުން ދަށުގެ އުމުރުފުރާއިން ދެވަނަ ހޯދި ލައިބާގެ މި ވީޑިއޯ ލަަވަައިން ލައިބާާގެ ބައްޕަ މިނިސްޓަރ މަހްލޫފް އާއި ލަައިބާާގެ މަންމަ ނަޒްރާ ނަސީމް (ނަޒޫ)ގެ އިތުރުން ގިނަ އަދަދެއްގެ ކުޑަކުދިންތަކަކާއި ފާހަގަކޮށްލެވޭ އިތުރު މޫނުތަކެއް ފެނިގެން ދެއެވެ.
ބެލުންތެރިނާ ހަަމައަށް މި ލަވަ ދޫކޮށްލަމުން ލައިބާ ބުނީ އޭނާގެ 08ވަނަ އުފަންދުވަހާއި ދިމާކޮށް ހަމޫދުބެ އާއި އެކުގައި ކިޔާާފައިވާ މި ލަވަ ރިލީޒްކުރެވޭތީ ވަރަށް ބޮޑަށް އުފާވާ ކަމަށާއި ބެލުންތެރިންނަށް ލަވަ ކަަމުދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ހަނގާކުރުމާ ދެކޮޅަށް އަޑު އުފުލުމަށް ނެރެފައިވާ ”ހަނގާ“ ލަވައިގެ ޅެމާއި ރާގު ހެދީ ހަމޫދު އެވެ. މިއުޒިކް ކޮމްޕޯސްކޮށް މިކްސިން ހަދަނީ މަޝްހޫރު މިއުޒީޝަން އިރުފާން ލަތީފް (ޓްރޯ) އެވެ.
https://www.youtube.com/watch?app=desktop&v=vHxImJH62Y4&feature=youtu.be
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!