ދީނީ ސުވާލެއް އޮތީތަ؟
ކުޅިވަރު
އަންހެން ކުރިކެޓް ޓީމަށް ލަންކާގެ ގައުމީ ޓީމަށް ކުޅުނު ތަޖުރިބާކާރު ކޯޗެއް

ރާއްޖޭގައި އަލަށް އެކުލަވައިލި ގައުމީ އަންހެން ކުރިކެޓް ޓީމަށް ސްރީލަންކާގެ ގައުމީ އަންހެން ކުރިކެޓް ޓީމަށް ކުޅެފައިވާ ޕަދްމާ ކަރުނަރަތުނޭ ހަމަޖައްސައިފިއެވެ. 

ގައުމީ އަންހެން ކުރިކެޓް ޓީމަށް އިރުޝާދު ދިނުމަށް ހަވާލުވި ޕަދްމާ ކަރުނަރަތުނޭ އަށް މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ގެ އޮފިޝަލުންނާއި، ގައުމީ އަންހެން ކުރިކެޓް ޓީމުގެ ކުޅުންތެރިންނެވެ.

އަންހެން ކުރިކެޓް ޓީމަށް ލަންކާގެ ގައުމީ ޓީމަށް ކުޅުނު ތަޖުރިބާކާރު ކޯޗެއް – ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ޕަދްމާ ކަރުނަރަތްނޭ އަކީ ސްރީލަންކާގެ ގައުމީ އަންހެން ކުރިކެޓް ޓީމަށް ކުޅެފައިވާ ކުޅުންތެރިއެއްގެ އިތުރުން، އެ ގައުމުގެ ފުރަތަަމަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ކޮލަމްބޯ ކުރިކެޓް ކްލަބުގެ އަންހެން ޓީމުގެ ހެޑް ކޯޗުކަން ވެސް ކޮށްފައިވާ ތަޖުރިބާކާރު ކޯޗެއްކަން ފާހަގަކޮށްލެވެއެވެ. އޮސްޓްރޭލިއާ އިން ތަމްރީން ހާސިލްކޮށްފައިވާ ލެވެލް 3 ގެ ކޯޗާ އެކީ ތަމްރީނުތައް ހެދުމަށްފަހު، އަންނަ މަހު ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ގައުމީ އަންހެން ކުރިކެޓް ޓީމް ވަރަށް އަވަހަށް ނޭޕާލަށް ފުރާނެ ކަމަށް ކްރިކެޓް ބޯޑުން މައުލޫމާތު ދީފައިވެއެވެ. 

ފާއިތުވެދިޔަ ތިން އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންހެނުނަށް އަމާޒުކޮށްގެން ކުރިކެޓް ތަމްރީން ޕްރޮގްރާމްތައް ހިންގައި، ގައުމީ އަންހެން ކުރިކެޓް ޓީމެއް އެކުލަވާލައި އަދި މިފަދަ ތަޖުރިބާކާރު ކޯޗެއް އައްޔަންކުރުމުން ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ރާއްޖޭގައި އަންހެނުންގެ ކުރިކެޓް ކުރިއަރުވައި، ތަރައްޤީ ކުރުމަށް ކުރާ ބުރަ މަސައްކަތް ހާމަވެގެންދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top