ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދެވި”: ދިވެހި ފިލްމު އުފެއްދުމުގެ އެހެން ލެވަލްއަކާ އެކު ބެލުންތެރިންނަށް މާދަމާރޭ!

ދިވެހި ފިލްމު ބަލާ ފަރާތްތަކުން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން އަންނަ ޔާރާ ޕްރޮޑަކްޝަންސްގެ ބޮޑު އުފެއްދުން “ދެވި” މާދަމާރޭ ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވެއްޖެއެވެ.

މަރިޔަމް އައްޒަ ޕްރޮޑިއުސްކޮށް އައްޒަ މެއިން ލީޑްކުޅެފައިވާ މި ފިލްމަކީ ދިވެހި ސިނަމާގައި މީގެ ކުރިން ފެނިފައި ނުވާފަދަ ތަފާތު އަދި އާދަޔާޚިލާފު ކަންތައްތަކެއް ފެނިގެންދާނެ ފިލްމެއްކަން، މިހާތަނަށް އާންމުކޮށްފައިވާ ފިލްމުގެ މަދު މަންޒަރުތަކުންނާއި ޓީޒާ އަދި ޓްރެއިލާއިން ވަނީ ހާމަވެފައެވެ. ދިވެހި ފިލްމީ ދާއިރާ މުޅިން އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށް ބެލެވޭ މި ފިލްމަށް އާންމުންގެ ފަރާތުން އަންނަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ.

މި ފިލްމުގެ ފުރިހަމަކަމާ މެދު، ދިވެހި ފިލްމީ ދާއިރާގެ ތަޖުރިބާކާރު ބައެއް ފަރާތްތަކުންވެސް ވަނީ ތައުރީފުކޮށްފައެވެ. އެގޮތުން ފިލްމު ބެލި މަޝްހޫރު ސްކްރީން ރައިޓަރ މަހްދީ އަޙްމަދުގެ އިތުރުން، ރާއްޖޭގެ މަގުބޫލް ސްކްރީން ރައިޓަރ، ޑައިރެކްޓަރ އަދި ސުޕަސްޓާ އެކްޓަރު ޔޫސުފު ޝަފީޢު (ޔޫއްޕެ)ގެ ވާހަކަތަކުން ވެސް މި ފިލްމަކީ ފެންވަރުގެ ގޮތުން ދިވެހި ސިނަމާގެ މިންގަނޑުތައް މުޅިން ބަދަލުކޮށްލާނެ މޮޅު އުފެއްދުމެއްކަން ވަނީ ހާމަވެފައެވެ.

ޔޫއްޕެ ބުނެފައިވަނީ، ދިވެހި ފިލްމީ ހަޔާތުގައި އުފެއްދުންތެރިންނަށް މިހާތަނަށް ދައްކުވައިދެވިފައި ނުވާ އަދި ތަފާތު ސަބަބުތަކާ ހުރެ ނުކުރެވި ހުރި ގިނަ ކަންތައްތަކެއް “ދެވި” ފިލްމުން އެކަނިވެސް ދައްކުވައިދީފައިވާ ކަމަށެވެ. އަދި ރާއްޖޭގައިވެސް ވަރަށް ކުޅަދާނަ، ގާބިލު މޮޅު އުފެއްދުންތެރިން ތިބިކަން މި ފިލްމުގެ ޓްރެއިލާއިން އެކަނިވެސް ސާބިތުވާކަން އޭނާ ފާހަގަކުރިއެވެ.

މިވެސް ކިޔާލަން:  އައްޒަގެ ޚާއްޞަ ޝޯއެއް ފެބްރުއަރީ 12 ވަނަ ދުވަހުގެ ރޭ

“ފިލްމީ އުފެއްދުންތެރިކަން މިވަގުތުގެ އެންމެ އުހަށް ގެންގޮސްދިން ‘ދެވި’ ފިލްމުގެ މުހިއްމު ޕްރޮޑަކްޝަން ޓީމަށް ސާބަސް ދެން. ތިޔައީ މިހާތަނަށް ރާއްޖޭގަ ނުކުންނާނެ ޓެކްނިކަލް އެންމެ މޮޅު ފިލްމު ކަމަށް ގަބޫލު ކުރެވިއްޖެ،” ފިލްމީ ދާއިރާގައި ގިނަ ދުވަސްވީ ތަޖުރިބާކާރު ފަންނާނު ޔޫއްޕެ ބުންޏެވެ.

ފިލްމު ރިލީޒްކުރުމަށް ކުޑަތަންވެފައިވާއިރު، “ދެވި” ގެ ޓީމު އޮތީ ނުހަނު ބޮޑަށް އެކްސައިޓްވެފައެވެ. ސަޕޯޓަރުންނަށް ޝުކުރު އަދާކުރަމުން އެ ޓީމުން ބުނެފައިވަނީ:

“މާދަމާ، އަހަރެމެންގެ މި ވާހަކަ އަހަރެމެންގެ އަތުން ދޫވެ، ބެލުންތެރިންގެ މިލްކަކަށް ވެގެންދާނެ. އެންމެ ފަހުން މާދަމާ ‘ދެވި’ ބެލުންތެރިންނާ ހަމައަށް މި އަންނަނީ. މި ފިލްމަށް މިހާ ބޮޑު ސަމާލުކަމެއް ދީ، އިންތިޒާރުކުރި ކަމަށްޓަކައި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރަން. ކޮންމެ ކައުންޓްޑައުނެއްގައި، ކޮންމެ އަޕްޑޭޓެއްގައި އަދި ކޮންމެ އިންތިޒާރެއްގައި ވެސް ތިޔަ ދެއްވި ލޯތްބަކަށް ފަނޑުކަމެއް ނާދޭ. މާދަމާ، އެންމެ ފަހުން ‘ދެވި’ ވެގެންދާނީ ތިޔަ ލޮބުވެތި ބެލުންތެރިންގެ އެއްޗަކަށް. މިއަށްވުރެ ފުރިހަމަ ދަތުރަކަށް އަހަރެމެންނަށް އެދެވޭކަށް ވެސް ނެތް.”

ދިވެހި ފިލްމު އިންޑަސްޓްރީގައި އާ ރެކޯޑުތަކެއް ގާއިމުކުރާނެ ކަމަށް ބެލެވޭ “ދެވި” އަކީ ބެލުންތެރިން ސިއްސުވާލާނެ ފަދަ މޮޅު ވިޝުއަލްތަކަކާއި ވަރުގަދަ ވާހަކައެއް އެކުލެވޭ ފިލްމެކެވެ. މާދަމާރޭ މި ފިލްމު ސްކްރީންތަކަށް އަންނައިރު، މިއީ ފަހަކަށް އައިސް ދިވެހި ފިލްމަކަށް ބެލުންތެރިން މިހާ ބޮޑަށް އިންތިޒާރުކުރި އެއް ފަހަރެވެ.

2026 ސެޕްޓެމްބަރު 26ވާ ހޮނިހިރު ދުވަހުގެ ރޭ ރިލީޒްކުރާ މި ފިލްމުގެ ޓިކެޓް ވިއްކަމުން އަންނައިރު، އޮންލައިންކޮށް ބުކް ކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން 7424544 އަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން އޮންލައިންކޮށް ޓިކެޓް ބުކް ކުރެވޭނެއެވެ.

މިވެސް ކިޔާލަން:  ‎ގިނަ ބައެއްގެ ލޯތްބާއެކު މުއާގެ "ލީނާ" ރިލީޒްކޮށްފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top