ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައްޒަގެ ޚާއްޞަ ޝޯއެއް ފެބްރުއަރީ 12 ވަނަ ދުވަހުގެ ރޭ

ރާއްޖޭގެ އެންމެ މަޝްހޫރު ތަރި މަރިޔަމް އައްޒަގެ ވަރަށް ޚާއްޞަ ޝޯއެއް މިމަހު 12 ވަނަ ދުވަހުގެ ރޭ، ލ. ގަމު ތުނޑީ އަވަށު އާބާދު ސަރަހައްދުގައި ބާއްވަން ނިންމައިފިއެވެ.

އައްޒަގެ މި ޝޯ އަކީ މިހާރު ލ. އަތޮޅުގައި ކުރިޔަށްދާ ފިލްމު “ނީނާ“ގެ ޝޫޓިންއެއް ނެގުމަށް ބާއްވާ ޚާއްޞަ ޝޯއެކެވެ. މި ޝޯގައި އައްޒަގެ ފަރިފަރި ހަރަކާތްތައް ފެނިގެންދާނެ ޗާލު ނެށުންތަކެއް ފެނިގެންދާނެއެވެ.

ތުނޑީ އާބަދު ސަރަހައްދު ސްޓޭޖްގައި ބާއްވާ މި ޝޯ ބަލައިލަން ވީހާ ގިނަ ފަރާތްތަކަކުން ދިއުމަށް ގަމުގައި ތިބި “ނީނާ” ފިލްމު ކްރޫ އާއި އައްޒަ އެދެއެވެ.

ކާމިޔާބު ފިލްމު “ބަވަތި” އުފެއްދި ‘އައި ފިލްމްސް’ އިން ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ބުނީ ފިލްމު “ނީނާ” ގައި އައްޒަ ފެނިގެންދާ ޚާއްޞަ ލަވަ ޝޫޓްކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު ލ. ގަން-ފޮނަދޫ އަދި އަތޮޅުގައި ތިބި އައްޒަގެ ފޭނުންނަށާ ‘އައި ފިލްމްސް’ގެ ފޭނުންނަށް އާއްމުކޮށް ހުޅުވާލާ ކަމަށެވެ.

އައްޒަގެ މި ޚާއްޞަ ޝޯ އޮންނާނީ މިމަހު 12 ވަނަ ދުވަހުގެ ރޭ 08:00ގައި ތުނޑީ އާބާދު ސްޓޭޖްގައެވެ.

ފިލްމު ”ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސްއެވެ.

މުނިއަވަސް އިން ވަނީ އައި ފިލްމްސްގެ ފުރަތަމަ ފިލްމު ”ބަވަތި“ގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ވެސް ކޮށްފައެވެ.

މިވެސް ކިޔާލަން:  އަހަރެމެން އުޅުނީ އިންސާނުންނަށް މެސެޖެއް ދެވޭތޯ! އެކަމަކު ޖަނަވާރުންނަށް އަޑެއް ނިވޭނެދޯ! - ނަހުލާ
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
thari7 އަހަރު ކުރިން

ރާއްޖޭގެ އެންމެ މަޝްހޫރު ތަރި މަރިޔަމް އައްޒަ . . lol

niwumA7 އަހަރު ކުރިން

acting nei nama ehaa baivaru filmeh nukulheveyne dhww

އައިޓަމް ބޮމް7 އަހަރު ކުރިން

އާން، ތީ ރަނގަޅު ނިންމުމެއް. އައްޒަ ވަރެއް ނޯންނާނެ ނަށަން. އެކަމަކު އެކްޓިންއަށް ނުލާތި. އެއްވެސް އެކްޓިން އެއް ނުހުންނަ، މަޝްހޫރު ސްޓާރެއް ތީ.

Critics7 އަހަރު ކުރިން

Can’t wait to see the movie. Your first movie BAVATHI is an outstanding masterpiece. Salute to you guys Ilyas. Keep shining the Dhivehi Film Idistry

Mode7 އަހަރު ކުރިން

Azza is the best

Zein7 އަހަރު ކުރިން

Oh my beauty queen Azza

ޒޫކް7 އަހަރު ކުރިން

ލާމު ކުދިން ދާންވާނެ. އައި ވިޝް އައި އޭމް އިން ލާމު

އައްޒަ ފޭން7 އަހަރު ކުރިން

ހުރިހައި ކުދިންވެސް ވާނެ ލޯބިލޯބި އައްޒަ ބަލައިލަން ދާން

Home
Menu
Search
Back to top