ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ، ކްރިސްޓިއަންދީން ދޫކުރައްވައި އިސްލާމްވެ ވަޑައިގަންނަވަން ނިންމަވައިފިއެވެ. “ކެނެޑާގެ އޮބާމާ”ގެ ނަމުން އޭނާ މަޝްހޫރު ވެފައިވެއެވެ.
ހުކުރުދުވަހު ބޭއްވި 13 މިނެޓުގެ ނޫސްކޮންފަރެންސެއްގައި އޭނާގެ ދިރިއުޅުމަށް މިބަދަލު ގެންނަން ދިމާވި ސަބަބު ވިދާޅުވެ ދެއްވިއެވެ.

“ސީރިއާގެ އެތައް ހާސް ރެފިއުޖީންނަކާ ބައްދަލުވެ، އެމީހުންގެ ވާހަކަތައް އަޑުއަހައި، މުސްލިމުންގެ އަގީދާގެ މަތިވެރިކަމުގެ މައުލޫމާތު ލިބުމުން އަހަރެންގެ ހިތުގައި އިސްލާމް ދީނަށާއި އިސްލާމުންގެ މައްޗަށް ލޯބި އުފެދިއްޖެއެވެ. އިސްލާމް ދީނަކީ ސުލްހައިގެ ދީނެކެވެ. އަހަންނަށް އިހުސާސްވަނީ އަހަރެން ނިސްބަތްވަނީ އިސްލާމްދީނަށް ކަމަށެވެ.”

ނޫސް ކޮންފަރެންސްގައި ޓްރޫޑޯގެ އާއިލާއިން މިކަމާމެދު ދެކޭގޮތާ މެދު ސުވާލު ކުރެވުނެވެ. ޖަވާބުގައި ވިދާޅުވީ އާއިލާއިން މިކަމަށް ތަރުހީބު ދޭކަމަށެވެ. އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.
ނަމަވެސް، ވެޓިކަންގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ “ވެޓިކަން އެންކުއަރަރ” ބުނާގޮތުން އެ ދެކަނބަލުން އަވަހާރަ ލައްޕަވަނީވެސް ވަކި ދެކޮޓަރީގައެވެ. އަދި ބައެއްފަހަރު ވަކި ދެގޭގައެވެ.
