މުނިއަވަސް ގެ ކިޔުންތެރިންގެ މަޤްބޫލުކަން ހޯދާފައިވާ ވާހަކަ ލިޔުންތެރިޔާ ‘ޒާނާ’ މިހާރު ލިޔުމުގެ މަސައްކަތް ފަށާފައިވާ ސިލްސިލާ ވާހަލަ ‘ލޯބިވެވުނީ އެވެ.’ ގެ ފުރަތަމަ އެޕިސޯޑް ނޮވެމްބަރު 01 ގައި ޝާއިޢު ކުރުމަށް ވަނީ ނިންމާފަ އެވެ. މިއީ ލޯބީގެ ތިނެސްކަން ވާހަކަ އެކެވެ. ނަމަވެސް ތަފާތު ގޮތަކަށް ލިޔަން މަސައްކަތްކުރާ ބިރުވެރި ވާހަކަ އަކަށް ވުމުން މިއީ އާދައިގެ ތިނެސްކަން ލޯބީގެ ވާހަކަ ތަކާއި ތަފާތު ވާހަކަ އަކަށް ވުމަކީ ޒާނާ ގެ ހުނަރުވެރިކަމަށް ބަލާއިރު ވެދާނެ ކަމެކެވެ.
މި ވާހަކަ ގެނެސްދޭ ސްޓައިލް ތަފާތު ވެގެންދާނެ އެވެ. ވާހަކައި ފުރަތަމަ އެޕިސޯޑާއި އެކު ކިޔުންތެރިން ސަޕްރައިޒް ވެގެން ދާނެ ކަމެއް ފެނިގެންދާނެ އެވެ. ވާހަކައިގެ މައިގަނޑު ތިން ކެރެކްޓަރ ގެ ތެރެއިން ބަޠަލް އާއިި ބަޠަލާ ހިމަނައިގެން މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ވަނީ ފޮޓޯ ޝޫޓިިން އެއް ކުރިއަށް ގެންގޮސްފައެވެ. މާލޭ ސުނާމީ ބިނާ ސަރަޙައްދުގައި ކުރިއަށް ގެންދިޔަ މި ފޮޓޯ ޝޫޓް ގައި ފޮޓޯތައް ނަގާފައިވަނީ ޒުވާން ފޮޓޯގްރާފަރ އަޙްމަދު ސާމިހް އެވެ. މޮޑެލް ކޮށްފައިވަނީ މުޅިން ތަފާތު މޭކަޕް އަދި ކޮސްޓިއުމް އަކާއި އެކު، ވާހަކަ ލިޔުންތެރިޔާ ޒާނާ އެވެ. ޒާނާ އާއި އެކުގައި ވާހަކައިގެ ބަޠަލް ޔުނާން ގެ ބަޔަށް މޮޑެލް ކޮށްފައިވަނީ މަޝްހޫރު ވަމުން އަންނަ ފިލްމީ ތަރިއެކެވެ.
‘ޙަޤީޤީ ލޯބީގެ މާނައަކީ ކާމިޔާބު ވުމެއް ނޫނެވެ. ބައެއް ފަހަރު ނާކަމިޔާބު ވުން ވެސް އެކަށީގެން ވެއެވެ. ޔުނާން އަށް އެ ޙަޤީޤަތް ވިސްނައިދިނީ ކަމީލާ އެވެ. ކޮންފަދަ މަތިވެރި ލޯތްބެއް ހެއްޔެވެ! ނަމަވެސް…. ފަރުދާގެ ފުރަގަހުގައި ހިނގަމުން ދިޔަ އެއްވެސް ކަމެއް އެ ދެމީހުންނަކަށް ނޭނގެއެވެ. އެނގުނު ނަމަ އެވެ.’ މިއީ މި ވާހަކައިގެ ކުރުކުރު ޚުލާޞާ އެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 މެއި 2024ޚަބަރު“ލަސްވިޔަސް” މާލޭ މޭޔޭރަށް ބަރާބަރު!
- 7 މެއި 2024ޚަބަރުމޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ޗެއަރއަށް މުއާ
- 3 މެއި 2024ޚަބަރު“ބަވަތި” ވީޑިއޯކްލަބުން މިހާރު ބަލައިލެވޭނެ
- 30 އޭޕްރިލް 2024ރިޕޯޓްވޯލްނަޓް ކާންވީ ކީއްވެ؟