ދުނިޔޭގެ މަޝްހޫރު ޓެނިސް ތަރި ރޮޖަރ ފެޑެރަރގެ ދެމަފިރިން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެއެވެ. ރޮޖަރ ފެޑެރަރ އާއި އޭނާގެ އަންހެނުން މިރްކާ ޗުއްޓީ ހޭދަކުރަމުން ދަނީ ރަންދެލި ރިޒޯޓްގައެވެ.
ސްވިޒަލޭންޑްގެ ޕްރޮފެޝަަނަލް ކުޅުންތެރިޔާ ރޮޖަރ ފެޑެރަރ އަކީ ފިރިހެން ސިންގަލްސް ޓެނިސްގައި ދުނިޔޭގެ ރޭންކިންގައި 3 ވަނަ އަށް ރޭންކް ކުރެވިފައިވާ ކުޅުންތެރިޔާއެވެ.

1998 ވަނަ އަހަރު ޓެނިސް ކުޅެންފެށި ރޮޖަރ ވަނީ 20 ގްރޭންޑް ސްލެމް ޓައިޓަލް ހޯދައިފައެވެ. ޗުއްޓީ ހޭދަކޮށްލުމަށް އެންމެ ކަމުދާ މަންޒިލަކަށް ރާއްޖެ ވާނެ ކަމަށް ރޮޖާ ބުނާއިރު ދުނިޔޭގެ ދެވަނައަށް އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ ނޮވިކް ވެސް ދަނީ ރާއްޖޭގެ ވަން އެންޑް އޮންލީ ރިޒޯޓްގައި ޗުއްޓީ ހޭދަ ކުރަމުންނެވެ
ކިޔުންތެރިންގެ ޚިޔާލު
