ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރުލުން ބާއްވައިފި

ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން  އިންތިޒާމު ކޮށްގެން  މުޅިރަށަށް ހުޅުވާލައިގެން  ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ  އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރަތް  2019 ގެ ގުރުއަތުލުން ބާއްވައިފިއެވެ.

މި މުބާރާތަކީ ހަނިމާދޫ ގައި ފުޓްބޯޅައިން ފާހަގަ ކޮށްލެވުނު ހުނަރުވެރިއެއް ކަމަށްވާ، އެ ޖަމުޢިއްޔާގެ މެމްބަރު އަލްމަރުޙޫމު އާދަމް ސަލީމުގެ ހަނދާނުަގައި ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ މުބާރާތެކެވެ

މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވަނީ  06 ޑިސެމްބަރު 2019 ވީ ހުކުރު ދުވަހުގެ ރޭ 21:00 ގައި ހަނިމާދޫ ޔޫތު ކެފޭގައި ބޭއްވި ކުޑަކުޑަ ރަސްމިއްޔާތެއްގައެވެ.

މި އަހަރުގެ މުބާރާތުގައި ޖުމުލަ ހަ ޓީމު ބައިެރިވެފައި ވެއެވެ. އެ ޓީމު ތަކަކީ ޔުނީފޯމް، ރިއަލްސްޓާރސް، ރޫހު، ޝީލްޑު، އަހުލީ އަދި ޔޫތު ފުރެންޑްސްއެވެ.

މި އަހަރުގެ މުބާރާތުގެ މެޗުތަށް ކުޅުމަށް ހަމަޖެހިފައި ވަނީ ހަނިމާދޫ ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. މި މުބާރާތް ރާވާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ފުރަތަމަ ބުރު ނިމޭއިރު ޕޮއިންޓު ޓޭބަލުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލުގެ މެޗުން މޮޅުވާ ޓީމަކަށެވެ.

މި މުބާރާތުގައި ޖުމުލަ 17 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ  10 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައެވެ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Kiyaa myha6 އަހަރު ކުރިން

Liyumah ham 💯

Home
Menu
Search
Back to top