ޝާހިދު ކަޕޫރުގެ ކުރިއަށް އޮތް ފިލްމް ކަމުގައިވާ ޖާރޒީގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.
ފިލްމްގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރަމުން ޝާހިދު އާއްމުކޮށްފައިވާ، ފިލްމްގެ ކްލެޕް ބޯޑްގެ ފޮޓޯއާއި އެކު ބުނެފައިވަނީ ފިލްމްގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. ފޮޓޯގައި ފެންނަނީ ކްލެޕް ބޯޑަކާއި ޓްރޮފީ ތަކެކެވެ.
މިފިލްމަކީ “ޖާރޒީ”ގެ ނަމުގައި ނެރުނު ސައުތު އިންޑިއަން ފިލްމެއްގެ ރީމޭކެއްކަމަށް މައުލޫމާތު ލިބެއެވެ.
ފިލްމްގެ ސައުތު އިންޑިއަން ވާރޝަންގައި މަސައްކަތްކޮށްފައިވަނީ އަރުޖުން ރެޑީއެވެ.
ހުނަރުވެރި އެހެން ނަމަވެސް ފެއިލްވެފައިވާ ކްރިކެޓް ކުޅުންތެރިއެއްގެ ދިރިއުޅުމަށް ބިނާކޮށް ހަދާ މިފިލްމް ޑައިރެކްޓްކުރާނީ ގޯތަމް ތިނާރީއެވެ
ކިޔުންތެރިންގެ ޚިޔާލު
