އިންޑިޔާގެ ރައިޕޫރުގައި މިމަހު 27 ން 29 އަށް އޮންނަ ނޭޝަނަލް ޑާންސް ޓްރައިބަލް މަހާސަމާއަށް، މަޝްހޫރު ބޮޑުބެރު ގްރޫޕް ”ބިދަބިން“ ފުރައިފިއެވެ.
‘ބިދަބިން’ ގްރޫޕްގެ ނުވަ މެންބަރުންނާއެކު ގްރޫޕުގެ މެނޭޖަރު މުހައްމަދު އާސިމް (އާއްކޮ) ފުރީ މިރޭ 21:00 ގައެވެ.
”ސަގާފީ އައިޓަމްތަކެއް ބިދަބިން އިން ދައްކައިލާނީ ބޮޑުބެރާވެސް އެކުގަ.“ މި ދަތުރާ ބެހޭގޮތުން އާއްކޮ މުނިއަވަސް ބުންޏެވެ.

ބިދަބިން އިން މަހާސަމާއަށް ފުރުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް
ބިދަބިން އިން މި ފެސްޓިވަލް އަށް ދަނީ އަމިއްލައަށް ބައިވެރިވެގެން ކަމަށްވެސް އާއްކޮ މަޢުލޫމާތު ދެއެވެ.
މިއީ ވަރަށް ގިނަ ގައުމުތަކުންނާއި އިންޑިޔާގެ ވަރަށް ގިނަ ސަރަހައްދުތަކުން ބައިވެރިވާ ބޮޑު ފެސްޓިވަލް އެކެވެ.
މި ފެސްޓިވަލް އިން އެއްވަނައަށްދާ ފަރާތަކަށް 20 ލައްކަ އިންޑިޔަން ރުޕީސް، ދެވަނައަށްދާ ފަރާތަކަށް 12 ލައްކަ އަދި ތިންވަނައަށްދާ ފަރާތަކަށް 8 ލައްކަ އިންޑިޔަން ރުޕީސް ދިނުމަށް ހަމަޖެހިފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!