ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޖޫހީ ޗައުލާ ރާއްޖޭގައި

1989ގެ ފަހުކޮޅުން ފެށިގެން 90ގެ އަހަރުތަކުގައިވެސް ބޮލީވުޑްގައި ރަނިކަން ކުރި ހުނަރުވެރި ބަތަލާ ޖޫހީ ޗައުލާ އޭނާގެ އާއިލާ އާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.

ޖޫހީގެ ޓްވިޓަރ އާއި އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަން ފޭނުންނާ ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ސަންސެޓް ކްރޫސް ދަތުރެއްގައި ކޯމަސްތަކެއް އެމީހުންނަށް ފެނިފައިވާކަން އޭނާ ވަނީ ޓްވިޓަރ މެދުވެރިކޮށް ފޭނުންނާ ހިއްސާ ކޮށްފައެވެ.

ހިންދީ ފިލްމީ ދުނިޔެއަށް ޖޫހީ ނުކުމެފައިވަނީ ފިލްމު “ސުލްތާނަތު” އިންނެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އާމިރު ޚާން އާއެކު ކުޅެފައިވަ ފިލްމް “ގަޔާމަތުސޭ ގަޔާމަތު ތަކް” އިންނެވެ.

ޖޫހީ، ޖޭ މެހެތާއާއި ކައިވެނި ކޮށްފައިވަނީ އަލަށެވެ. ޖޭ މެހެެތާ ވަނީ ޖޫހީގެ ކުރިން އެހެން މީހަކާ ކައިވެނި ކޮށްފައެވެ. މިހާރު މި ދެމަފިރިންނަށް ދެ ކުދިން ލިބިފައިވާ އިރު އޭނާ ރާއްޖެ އައިސްފައިވަނީ ފިރިމީހާ އާއި ދަރިންނާއެކުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top