ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބުރުގާއެޅުން އެއީ މިހާތަނަށް ނިންމުނު އެންމެ ހިތްހަމަޖެހުން ބޮޑު ނިންމުން – ޝީލާ

ބުރުގާ އެޅުމަކީ މިހާތަނަށް ހަޔާތުގައި ނިންމުނު އެންމެ ހިތްހަމަޖެހުން ބޮޑު ނިންމުން ކަމަށް މަޝްހޫރު އެކްޓްރެސް ޝީލާ ނަޖީބު ބުނެފިއެވެ.

މިމަހު ތާރީޚެއްގައި ބުރުގާ އަޅާފައިވާ ޝީލާ، ‘އަވަސް’ އަށް ބުނީ ބުރުގާ އެޅުމަކީ އޭނާ އަމިއްލައަށް ވިސްނުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ.

“ބުރުގާ އެޅުން އެއީ އުމުރާގައި ހުރެ އަމިއްލައަށް ނިންމި ނިންމުމެއް، އެދެން ވަރަށް ޕާސަނަލް ކަމެއްނު. އެހެންވީމަ އެކަމާ ގުޅޭގޮތުން ދެން އިތުރު ކޮމެންޓެއް ނެތް!” ޝީލާއާ ހަވާލާދީ ‘އަވަސް’ އިން ރިޕޯޓްކޮށްފައި ވެެއެވެ.

ހަޔާތަށް މި އައީ ބަދަލެއް ކަމަށާއި އެއީ އުފާވެެރި ބަދަލެއް ކަމަށާއި އެކަމުން ހިތްހަމަޖެހުން އަބަދުވެސް ލިބޭނެ ބަދަލެއް ކަމަށް ވެސް ޝީލާއާ ހަވާލާދީ ‘އަވަސް’ އިން ބުނެެއެވެ.

މި މަހު ޢުމްރާގެ އަޅުކަން އަދާކުރުމަށްފަހު ބުރުގާ އަޅާފައިވާ ޝީލާ ކުރިޔަށް އޮތްތަނުގައި ފިލްމު ކުޅޭނެކަން ނުވަތަ ނޫންކަމެއް އޭނާ ހާމަކޮށްފައެއް ނުވެެެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top