އިއްޔަ ރެކޯޑްސްގެ ކޯ-ފައުންޑާ މުސްތާގު މޫސާ އިއްޔަ ރެކޯޑްސް އިން ވަކިވެ، އަމިއްލަ ރެކޯޑް ލޭބަލްއެއް ހެދުމަށް ނިންމައިފިއެވެ.
މުނިއަވަސް އަށް މަޢުލޫމާތުދެމުން އިއްޔަ ރެކޯޑްސްގައި ހަރަކާތްތެރިވި އާޓިސްޓް ފަތީން ބުނީ މިއަހަރު މުސްތާގު މޫސާގެ އަމިއްލަ ރެކޯޑްލޭބަލް އެއް އުފައްދާނެ އެވެ.

އުލްޔާއާއި މުސްތާގުގެ ދެބަފައިން
މުސްތާގު މޫސާ ވަނީ އޭގެ އަމިއްލަ ދަރިފުޅަށް އިއްޔަ ރެކޯޑްސްގެ ނަމުގައި ލޭބަލްއެއް އުފައްދައިދީ އެ ލޭބަލް ކޮޅަށްޖެހުމަށް މަސައްކަތްތަކެއް ކޮށްދީފައެވެ. އެގޮތުން ގިނަ މަޝްހޫރު ލަވަތަކެއް ނެރެދީފައިވާ މުސްތާގު، އިއްޔަ ރެކޯޑްސްއާ ދުރަށް ދަނީ ދަރިފުޅު އުލްޔާ މުސްތާގަށް ޕްލެޓްފޯމެއް ހޯދައިދީފައެވެ.

މުސްތާގުގެ ރެކޯޑް ލޭބަލްގެ ލޯގޯ
“ޑީބީ ރެކޯޑްސް”ގެ ނަމުގައި އުފައްދާ ރެކޯޑް ލޭބަލްގެ ސީއީއޯ އަޙްމަދު ފަތީން މުނިއަވަސް އަށް ބުނީ މުސްތާގުގެ މި ނިންމުން އައިސްފައިވަނީ ޚިޔާލު ތަފާތުވެގެން ނޫންކަމަށެވެ.
ޑީބީ ރެކޯޑްސް އިން މަޢުލޫމާތުދޭ ގޮތުގައި ކުރިޔަށް އޮތް ދުވަސްކޮޅު ތެރޭގައި ވަރަށް ގިނަ އާޓިސްޓުން އެ ލޭބަލްއާ ގުޅޭނެއެވެ.
ޑީބީ ރެކޯޑްސްގެ މައިގަނޑު އަމާޒަކަށް ވާނީ ދިވެހި ފިލްމު އިންޑަސްޓްރީގެ ތެރެއަށް ފިޔަވަޅު ގާއިމިކުރުން ކަމަށް ޑީބީ ރެކޯޑްސް އިން މަޢުލޫމާތުދެއެވެ.
