ނިއުމާ އާއި އޭނާގެ ދަރިފުޅު ޒޯޔާ ހަސަންގެ ފިލްމު ކުންފުނި ‘ނިއުޒޯ ފިލްމްސް’ އިން އުފައްދާ ދެވަނަ ފީޗާ ފިލްމު “ކަޅަކި”ގެ ޝޫޓިން އަށް ފިލްމު ކްރޫ އާއި ކާސްޓުން މިއަދު ފުރައިފިއެވެ.
”ނިވައިރޯޅި“ގެ ނަމުގައި ނިޢުމާ ސްކްރީނުން ފެނިގެންދިޔަ އެންމެ ފަހު ފިލްމު އުފެއްދުމަށްފަހު، ‘ނިއުޒޯ ފިލްމްސް’ އިން އުފެއްދުމުގެ މަރުހަލާގައި ފިލްމުތަކެއް ހުރިއިރު، “ކަޅަކި” ޝޫޓްކުރުމަށް ހަމަޖެހިފައިވަނީ އަވަށްޓެރި ސްރީލަންކާގައި ކަމަށް ނިޢުމާ މުޙައްމަދު މުނިއަވަސް އަށް ބުންޏެވެ.
ނިޢުމާ ބުނީ އަދި ރޭވިފައިވާގޮތުން “ކަޅަކި”ގެ ޝޫޓިން އެއްކޮށް ނަގަން ހަމަޖެހިފައިވަނީ ލަންކާގައެވެ.

ފިލްމު “ކަޅަކި” ޝޫޓިންއަށް ލަންކާއަށް ފުރުމުގެ ކުރިން – ފޮޓޯ: ނިއުޒޯ ފިލްމްސް
“ކަޅަކި”ގެ ކާސްޓުގައި ހިމެނެނީ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، މުޙައްމަދު މަނިކް، ރިޝްފާ، ލަހޫގެ އިތުރުން ޝިޔާ އެވެ. މި ފިލްމުގެ ސްކްރީންޕްލޭ އާއި ޑައިރެކްޝަން ހަދަނީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ސްކްރީންޕްލޭ ލިޔުންތެރިޔާ އަދި ޑައިރެކްޓަރ ޔޫއްޕެއެވެ. ސަސްޕެންސް ތްރިލާ “ކަޅަކި” ކެމެރާކުރަނީ ދަބާ އެވެ.
ނިޢުމާ ފިލްމީ ހަޔާތުގައި ހޭދަކުރި 25 އަހަރު ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ހަފުލާގައި “ކަޅަކި” ލޯންޗްކޮށް ޓީޒާއެއް ދައްކާލާފައި ވާއިރު ހަމަ އެ ހަފުލާގައި ‘ނިއުޒޯ ފިލްމްސް’ އިން ގެނެސްދޭ “ގޯނާ” ވެސް ވަނީ ލޯންޗްކޮށްފައެވެ. ފިލްމް ”ގޯނާ“ގެ ޓީޒާއެއްވެސް އެ ހަފުލާގައި ދައްކައިލިއެވެ. މި ފިލްމު ޑައިރެކްޓް ކުރާނީ ހުނަރުވެރި ޑައިރެކްޓަރު ރަވީ ފާރޫޤްކަމަށް ވެސް އެ ހަފުލާގައި ހާމަކުރިއެވެ.
“ކަޅަކި”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!
anha rishfa buruga negee?
Anha rishfa buruga negee?