ވެލާނާ އެއަރޕޯޓްގެ ފާލަމަކުން މޫދަށް ވެއްޓުނު ޗައިނާ ކުއްޖެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ހިތްވަރުގަދަ ފަޔަރ ފައިޓަރަކު ސަލާމަތްކޮށްދީފިއެވެ.
އެމްއޭސީއެލްގެ ފަޔަރ ފައިޓަރ ޓްރެއިނީ އިބްރާހިމް ނަޞްރުގެ މި ހިތްވަރުގަދަ ޢަމަލާމެދު އެމްއޭސީއެލްގެ މީޑިއާއިން ތަޢުރީފުކޮށްފައިވާއިރު ޗައިނާ އިން ރާއްޖެއަށް ކަނޑަައަޅުއްވާފައި ހުންނަވާ ސަފީރު ވެސް ވަނީ މިކަމާ ގުޅިގެން ތަޢުރީފުކުރައްވާފައެވެ.
އެމްއޭސީއެލް މީޑިއާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެތަނުގެ ހިތްވަރުގަދަ ފަޔަރ ފައިޓަރ ޓްރެއިނީ އިބްރާހިމް ނަޞްރުގެ އަމިއްލަ ނަފުސަށް ބެލުމެއްނެތި، ދެއްކި ހިތްވަރާމެދު ފަޚުރުވެރިވާ ކަމަށެވެ.
އެމްއޭސީއެލް އިން ކޮށްފައިވާ ޓްވީޓް އަލުން ޓްވީޓްކުރައްވަމުން ޗައިނާ އިން ރާއްޖެ ކަނޑަައަޅުއްވާފައި ހުންނަވާ ޒެންގް ލިޒޯން ވިދާޅުވީ އިބްރާހިމް ނަޞްރުގެ ހިތްވަރުގަދަ ހެޔޮ ޢަމަލާމެދު ޝުކުރުވެރިވާ ކަމަށާއި އެގޮތަށް ކުއްލިއަކަށް ކޮށްލާ ކަންތައްތަކުން ރަމްޒުކޮށްދެނީ ދިވެހީންގެ ހިތްހެޔޮކަމާއި އޯގާތެރިކަމާއި ލޯބީގެ މަތިވެރިކަން ކަމަށެވެ.
Thank u Mr. Ibrahim Nasru for ur brave deeds, which is impromptu but a true reflection of warm-heartedness, caring and love of common Maldivians I have known. https://t.co/3yg6cvLDlf
— Amb. Zhang Lizhong (@AmbassadorZhang) February 2, 2020
ކުއްޖަކު މޫދަށް ވެއްޓުމުގެ ޙާދިސާ ހިނގީ މިމަހުގެ 01ވަނަ ދުވަހު ކަމަށް މަޢުލޫމާތު ލިބެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!