ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފިލްމު “ނީނާ” ގެ ޓީމަށް ލާމުން ހޫނު މަރުޙަބާއެއް – ވީޑިއޯ

މިއަދު ލ. އަތޮޅުގައި ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ އައި ފިލްމްސްގެ ދެވަނަ ފިލްމު “ނީނާ“ގެ ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ނީނާ“ގެ ތަރިންނާއި ފިލްމް ކްރޫ، ލ. ކައްދޫ އިސްކަންދަރު އެއަރބޭސް އަށް ފޭބުމާއެކު، ޓީމުގެ މެންބަރުންނަށް މަރުޙަބާ ކިއުމަށް މާފަތި އަޅުވާފައިވެއެވެ. ހަމަ އެވަގުތު ބެރުގެ ހަރަކާތެއްވެސް ކުރިއަށް ގެންދިޔައެވެ.

ނީނާ” ޓީމުގައި މިއަދު ލާމަށް ދިޔައީ ޑައިރެކްޓަރ އިލްޔާސް (އިއްލެ)، ސިނަމޮޓޮގްރާފަރ ވިޝާން (ކަނޑި)، މޭކަޕް އާޓިސްޓް ރުޠުބާ އަޙްމަދުގެ އިތުރުން ފިލްމުގެ ލީޑް ތަރިން ކަމަށްވާ ނުޒުހަތު ޝުޢައިބް، ޝަރަފް ޢަބްދުﷲ، ޖުމައްޔިލް ނިމާލް އެވެ. މީގެ އިތުރުން މި ފިލްމުގައި މަންމައެއްގެ ރޯލުގައި ހަރަކާތްތެރިވާ ވަރަށް މަޝްހޫރު ފަންނާނެއްވެސް ހިމެނެއެވެ.

ފިލްމު “ލީނާ”ގެ ލީޑް ކާސްޓުން – ފޮޓޯ: މުނިއަވަސް

ދިގު ދަތުރެއް ކޮށްފައި ލާމަށް ދިޔުމުން ދަތުރު ވަރުބަލި ފިލުވައިލުމަށްފަހު ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ކަމަށް ޑައިރެކްޓަރ އިއްލެ ބުނެެެއެވެ.

ނީނާ“ ލިޔެ ޑައިރެކްޓްކުރަނީ އިއްލެ އެވެ. އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ”ބަވަތި“ގެ އެކްޓަރ އިފްނާޒް އެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްކުރާނީ އޯކޭޒް އިންނެވެ.

https://www.facebook.com/MuniAvas/videos/596267810937772/?eid=ARBn9WKUMvCFcFt7dYzmuIQN4wPynRTkN3HMf2EkyfKDFDSxu_ySenH9XF0_g7x9rCGrgUeeK2LlZCYG

މިފަހަރު ވެސް ފިލްމުގެ ޕްރޮޑިއުސަރުންނަކީ އާސިމް އަލީ އަދި އަހުމަދު ވަހީދެވެ.

ފިލްމު ”ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ. މުނިއަވަސް އިން ވަނީ އައި ފިލްމްސްގެ ފުރަތަމަ ފިލްމު ”ބަވަތި“ގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ވެސް ވަރަށް މޭވަވެތިކޮށް ކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ސަމިއްޔާ6 އަހަރު ކުރިން

ހާދަ ހޫނުގަދަ މަރުހަބާއެކޭ. މުޅި އެއާޕޯޓު ފުރިބާރުވެފަ. ސާބަސް. ކަންކަން ބޮޑުކޮށްގެން ނުލިޔެބަލަ. ނޫހުގެ އަގުވެއްޓޭނީ. ކީއްތަވާނީ މަރްހަބާ ކިޔުމަށް ބައެއް ފޭނުން ތިބިޔޭ ލިޔުނުނަމަ. ހައިރާން ހީވޭ

Home
Menu
Search
Back to top