ސުވާލުމޯބައިލްފޯން  ފަދަ  ތަކެތީގައި ކީރިތިޤުރުއާން  ގެންގުޅުމުގެ  ޙުކުމަކީ  ކޮބާ؟

ޖަވާބު: الحمد لله، والصلاة والسلام على رسول الله

أما بعد:

ކޮމްޕިއުޓަރއާއި މޮބައިލް ފޯން ފަދަ އިލެކްޓްރޯނިކް ޑިވައިޒްތަކުގައި ކީރިތި ޤުރްއާން އަޅައިގެން ގެންގުޅުމާއި އަޑުއެހުމާއި އެފަދަތަކެތިން ޤުރްއާން ކިޔެވުމަކީ ހުއްދަ ކަމެކެވެ. އަދި އެފަދަ އެއްޗިހީގައި ބީހުމަށްޓަކައި ވުޟޫ ހުރުމަކީ ޝަރުޠެއް ނޫނެވެ. އަދިއެފަދަ ތަކެތި ޖީބުގައި އުފުލުމާއި އެއާއި އެކުގައި ފާޚާނާއަށް ވަދެ ހެދުމަކީ ހުއްދަ ކަމެކެވެ. ސަބަބަކީ އެއީ މުޞްޙަފެއް ނޫނެވެ. ހަތިމެއް ނޫނެވެ. އަދި އޭގައި ވާ ލިޔުމަކީ ކަރުދާހުގައި ވާފަދަ އެއްޗެއް ނޫނެވެ. އެލިޔުން އެއްޗެއްގެ ގޮތުގައި ފެންނަނީ އެ ހުޅުވައިސްކްރީންގައި ޑިސްޕްލޭ ކުރުމުންނެވެ. ނިތްވައިލުމުން އޭގެ ހަގީގަތް ގެއްލިދެއެވެ. ވީމައި ޤުރްއާން ޖަހައިގެން ނުވަތަ ޤުރްއާންޓެކްސްޓް ހުޅުވައިފައި ބާއްވައިގެން ފާޚާނާފަދަ ތަންތަނަށް އެއާއި އެކުގައި ވަނުމަކީ ރަނގަޅުކަމެއް ނޫނެވެ. އެކަމަކުނިތްވައިލުމުން އެއީ މައްސަލައެއް ނޫނެވެ

ހަމައެފަދައިން ޙައިޟުވެރިންނަށްވެސް ޑިޖިޓަލް ޑިވައިޒްއަކުން ނުވަތަ ޕޯނު ފަދަ އެއްޗިހީގައި އަތްލައިގެން، އެއިން ބަލައިގެންކިޔެވުމަކީ މައްސަލައެއް ނޫނެވެ. އެއީ ޝައްކެއްނެތް ގޮތުގައި ފަހު ޒަމާނުގެ މީހުނަށް ހެޔޮ ޢަމަލު ކުރުމަށްޓަކައި މާތް ދެއްވާފައިވާ ލުއިފަސޭހައެކެވެ.

والله أعلم، وصلى الله على محمد وآله وسلم

ޖަވާބުދެއްވީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް
މަޞްދަރު
އާދަމްޝަމީމް.ކޮމް

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.