​ޤައުމީ ކުތުބުޚާނާއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރެއިން “ޤައުމީ ކުތުބުޚާނާއަށް ތަކެތި ހަދިޔާކުރުމުގެ” ޕްރޮގްރާމެއް މިއަދު އިފްތިތާހްކޮށްފިއެވެ.

މިއަދު ފެއްޓި މިޕްރޮގްރާމަކީ ކުތުބުޚާނާއަށް ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ޕްރޮގަރާމެއް ކަމަށް ޤައުމީ ކުތުބުޚާނާއިން ފާހަގަކުރައްވައެވެ.

ފެބްރުއަރީ 15 އިން 26އަށް ހަދިޔާކުރުމަށް ހުރި ފޮތް، ބޯޑް ގޭމްސް އަދި ކުޅޭ ސާމަނު ފަދަ ތަކެތި އެއްކުރައްވައި ކުތުބުޚާނާގެ ނަންބަރު 3007200 އަށް ގުޅުއްވުމުން ބަލާ ގޮސްދޭ ގޮތަށް ދެ ހަފުތާގެ މުއްދަތަށް ހިންގޭ މިޕްރޮގްރާމްގެ މަޤްސަދަކީ ކުތުބުޚާނާގެ ކަލެކްޝަންތައް ތަރައްޤީކުރުން ކަމަށް ކުތުބުޚާނާއިން ހާމަކުރައްވައެވެ.

ތަކެތި ބަލާ ދިޔުމަށް ހަމަޖެހިފައިވާ ވަނީ ހެނދުނު 9:00 ން ހަވީރު 4:00 އަށެވެ. ތަކެތި ނެގުމަށް ހަމަޖެހިފައިވާ މުއްދަތުގައި ޤައުމީ ކުތުބުޚާނާއާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގައި މިފަދަ ތަކެތި ޖަމާކުރުމަށް ފޮއްޓެއް ބެހެއްޓިފައިވާނެކަމަށް ޤައުމީ ކުތުބުޚާނާ އިން ހާމަކުރައްވައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.