ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ނީނާ” ބަލާފައި ކޮންމެ މީހަކުވެސް ކަރުނައަޅާނެ! – މަރިޔަމް ރަޝީދާ

ނީނާ” ފިލްމު ބަލާފައި ކޮންމެ މީހަކުވެސް ސިނަމާއިން ނުކުމެގެންދާނީ ކަރުނައަޅަމުން ކަމަށް ފިލްމު “ނީނާ” ގައި މަންމައެއް ގެ ރޯލުން ފެނިގެންދާނެ ކުރީގެ ފިލްމީ ތަރި މަރިޔަމް ރަޝީދާ ބުނެފިއެވެ.

ވެޓަރަންސް އެކްޓްރެސް މަރިޔަމް ރަޝީދާ ހަމައެކަނި މުނިއަވަސް އަށް އިއްޔެ ދިން ޚާއްޞަ ބަސްދީގަތުމެއްގައި ބުނީ ހަމަ ޔަޤީނުންވެސް މި ފިލްމު (ފިލްމު “ނީނާ“) ބަލަންދާ ކޮންމެ މީހަކުވެސް ސިނަމާއިން ނުކުމެގެންދާނީ ކަރުނަ އަޅަމުން ކަމަށާއި އެހާވެސް މޮޅެތި ކަންތައްތައް މި ފިލްމުގައި ހިމެނޭކަމަށެވެ.

ފިލްމުގެ ޑައިރެކްޓަރ އިލްޔާސް ވަހީދުގެ މަސައްކަތް ވަރަށް ރަނގަޅުކަން ފާހަގަކުރަމުން މަރިޔަމް ބުނީ އިއްލެގެ ޑައިރެކްޝަން ވަރަށް ބެސްޓް ކަމަށެވެ. ވަރަށް ރަނގަޅުކަމަށެވެ.

‘އައި ފިލްމްސް’ގެ ދެވަނަ ފިލްމު “ނީނާ“ގައި ލީޑް ކުޅޭ ނުޒުހަތު ޝުޢައިބް، ޖުމައްޔިލް ނިމާލް އަދި ޝަރަފް ޢަބްދުﷲގެ އެކްޓިން ވަރަށް މޮޅުކަން ފާހަގަކޮށް އެ ތަރިންނަށް ވަރަށް ބޮޑަށް މަރިޔަމް ތަޢުރީފް ކުރިއެވެ.

ފުލް އިންޓަވިއު ތިރީގައި ހިމަނާލާނަމެވެ.

https://www.facebook.com/MuniAvas/videos/590404164877306/

މި ފިލްމުގައި މަރިޔަމް ރަޝީދާގެ ހުނަރުވެރިކަން ވަރަށް ރަނގަޅަށް ފެނިގެންދާނެއެވެ. މުނިއަވަސް އިން ފިލްމުގެ ޝޫޓިން ބަލައިލުމަށް ހޭދަކޮށްލި ކުޑަ ވަގުތުކޮޅުގައި މަރިޔަމް ރަޝީދާގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް މޮޅު އެކްޓިންއެއްކަން ފާހަގަކޮށްލެވެއެވެ.

”އެކްޓިންއާ އެހާ ދުރުގައި ގިނަދުވަސް ހުރުމުން އެކްޓްކުރަން ޓަޗްގެއްލިފައޭ ހުންނާނީ މަރީ ބުންޏަސް، ބުނެވޭނީ ޕްރެކްޓިސްއާއެކީގަ ވަރަށް އެކްޓިން ރަނގަޅޭ. ފިލްމު ޝޫޓްގައިވެސް މަރީ ދައްކާފައިވަނީ ވަރަށް ހިތްހަމަޖެހޭ ރަނގަޅު އެކްޓިންއެއް.“ މަރިޔަމް ރަޝީދާގެ އެކްޓިންއާމެދު ފިލްމު ”ނީނާ“ގެ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) މުނިއަވަސް އަށް އިއްޔެ ބުންޏެވެ.

ފިލްމު ”ނީނާ”ގެ ވެސް ޕްރޮޑިއުސަރުންނަކީ ”ބަވަތި“ ޕްރޮޑިއުސްކުރި އާސިމް އަލީ އާއި އަހުމަދު ވަހީދެވެ.

ފިލްމު ”ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top