ބ. އަތޮޅުގައި ހިމެނޭ ރިސޯޓްތަކަށް ހުޅުވާލައިގެން “ބިގް ގޭމް ފިޝިން 2020” ގެ ނަމުގައި މަސްވެރިކަމުގެ މުބާރާތެއް ބޭއްވުމަށް ބ. ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިިވެލޮޕްމެންޓް ސޮސައިޓީން ތައްޔާރުވެއްޖެއެވެ.
ބ. ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިިވެލޮޕްމެންޓް ސޮސައިޓީން ރާވައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މުބާރާތުގެ މަޤްޞަދަކީ އިޖްތިމާއީ ތަރައްޤީއަށް ފައިސާ ހޯދުމަށާއި ރިސޯޓްތަކާއި ބ. ގޮއިދޫ އާއި ދެމެދު ރަހުމަތްތެރިކަމުގެ މާހައުލެއް އުފައްދައި އެކުވެރިކަން އާލާކުރުން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
“ބިގް ގޭމް ފިޝިން 2020” އިން އެއްވަނަ ހޯދާ ޓީމަށް 1000 އެމެރިކާ ޑޮލަރު، ރަނަރަޕް ޓީމަށް 500 ޑޮލަރުގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބާނާ އެންމެ ބަރު މަހަށް 100 ޑޮލަރު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.
ރިސޯޓްތައް ގިނަ ބ. އަތޮޅުގެ ރިސޯޓްތަކުން އުފައްދާ ޓީމުތަކަށް ބައިވެރިވެވޭ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 މާރިޗް 2020 ވަނަ ދުވަހު ކަމަށް ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިިވެލޮޕްމެންޓް ސޮސައިޓީން މަޢުލޫމާތުދެއެވެ.
“ބިގް ގޭމް ފިޝިން 2020” ގައި ބައިވެރިވުމަށް ދީފައިވާ ސުންގަޑިއަކީ 09 މާރިޗް 2020 ވަނަ ދުވަހާއި ހަމައަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި