މި އަހަރު ރިލީޒްކުރާ ފުރަތަމަ ދިވެހި ފިލްމު “އަނދިރިކަން” ރޭ އޮލިމްޕަހުގައި ރިލީޒްކޮށްފިއެވެ.
ފިލްމު “އަނދިރިކަން” ރިލީޒްކުރީ ހައުސްފުލް ޝޯއަކާއެކުގައެވެ. ފިލްމުގެ ކުރިއަށް ހުރި ޝޯތަކުގެ ޓިކެޓްވެސް ވަރަށް ބާރު ސްޕީޑްގައި ވިކެމުން އަންނަކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ބުނެއެވެ.
އެކްޓަރ އަދި ޑައިރެކްޓަރ އަލީ ސީޒަންގެ އެސް ޕްރޮޑަކްޝަނާއި ކެމެރާމަން އަބްދުﷲ ޝިވާޒް (މާސްކޭ) ގެ މާސްކޭ ސްޓޫޑިއޯސް އިން ރިލީޒްކުރި “އަނދިރިކަން” މިއީ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.
“އަނދިރިކަން” ފިލްމަކީ ސީޒަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ވެސް ކުޅެފައިވާ ފިލްމެކެވެ. ފިލްމުގެ އަންހެން ލީޑްގައި ޝީލާ ނަޖީބާއި އައިމިނަތު ރިޝްފާ ހަރަކާތްތެރިވެއެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޒީނަތު އައްބާސް، އަޙްމަދު ސަޢީދު، މަރިޔަމް ޝަކީލާ އަދި މުޙައްމަދު ރަޝީދު (ދަރާ) ހިމެނެ އެވެ.
ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަޙްމަދު ޒަރީރު އެވެ. ކެމެރާކުރީ ހުނަރުވެރި ކެމެރާމަން އަޙްމަދު މޫސާ (ދަބަ)އެވެ.
ފިލްމުގެ ޝޯއެއް މިމަހު 06 ވަނަ ދުވަހުގެރޭ ބ. އޭދަފުށި އަދި ދަރަވަންދޫގައި ދައްކާނެއެވެ. މީގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށަށް “އަނދިރިކަން” ގެންދިއުމަށް ވެސް ފިލްމުގެ ޓީމުން ތިބީ ތައްޔާރަށެވެ.
”އަނދިރިކަން“ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ޝާއިޢުކުރީ: އަޙްމަދު ރަޝީދު | ރިވިއު ކުރީ: އަޙްމަދު ރަޝީދު
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!