ބަތަލާ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓުކުރި 2 މީހުން ވައިރަސްއަށް ޕޮޒިޓިވް ވެއްޖެއެވެ.
އެކަމާ ގުޅޭގޮތުން އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ، ބަތަލާ އައިލެންޑް ރިސޯޓުން ޓެސްޓުކުރި 3 މީހުންގެ ތެރެއިން 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެކަކު ކޮވިޑް-19 އަށް ނެގެޓިވް ކަމަށެވެ. އެ ތިން މީހުންނަކީވެސް 3 ބިދޭސީންކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެއާއެކު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 4 އަށް އަރާފައެވެ.
ކިޔުންތެރިންގެ ޚިޔާލު
