ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮވިޑް 19 އަކީ “ޕެންޑަމިކް” އެއް – ޑަބްލިއުއެޗްއޯ

​ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންއަންނަ ކޮވިޑް 19 އަކީ “ޕެންޑަމިކް” (ބަލިމަޑުކަމެއް) ކަމުގައި ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ކަނޑައަޅައިފިއެވެ. ޑަބްލިއު އެޗް އޯއިން ކޮވިޑް-19 ބަލިމަޑުކަމެއް ކަމުގައި ކަނޑައަޅާފައި މިވަނީދުނިޔޭގެ  ގިނަ ގައުމުތަކަކަށް ފެތުރިފައެވެ.

ޗައިނާގެ ވޫހާން ޕްރޮވިންސްއިން ފެތުރެންފެށި މިވައިރަސް މިހާރު ޗައިނާގައި މަޑުމަޑުން ކޮންޓްރޯލް ވަމުން ދާކަމަށް ރިޕޯޓްތައް ބުނެއެވެ. މި ވައިރަސްއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 119،303 މީހުން ވަނީ ފައްސި ވެފައެވެ. މީގެ ތެރެއިން 4290 މީހުން ވަނީ ވައިރަސްގެ ސަބަބުން މަރުވެފައެވެ.

ކޮވިޑް 19 އަށް ރާއްޖެއިންވެސް މިހާތަނަށް 8 މީހުން ވަނީ ފައްސިވެފައެވެ. ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށް ސަރުކާރުން އެކި އެކި ފިޔަވަޅުތައް ދަނީއަޅަމުންނެވެ. މިގޮތުން އަންނަ ހަފްތާވެސް ސުކޫލުތައް ބަންދު ކުރުމަށްވަނީ ނިންމާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top