ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިންޑިއާއިން ޓޫރިސްޓް ވިސާ ދިނުން ހުއްޓާލަނީ

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރާނާ ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން އިންޑިއާއިން އަންނަ ހުކުުރު ދުވަހުން ފެށިގެން ޓޫރިސްޓް ވިސާ ދިނުން ހުއްޓާލަން ނިންމައިފި އެވެ.

އިންޑިޔާއިން ޓޫރިސްޓް ވިސާ ދޫކުރުން ހުއްޓާލަން ނިންމާފައި ވަނީ އެޕްރީލް މަހުގެ 15އާ ހަމައަށެވެ.

އިންޑިއާގައި މިހާތަނަށް 60 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު އެބަލި ފެނުނު ކެރެލާ މިހާރު އޮތީ ބަންދުކޮށްފައެވެ.

މި ބަލި ކޮންޓްރޯލްނުވެ މިހާރު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ފެތުރެމުންނެވެ. މި ބަލި އީރާނާއި އިޓަލީގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު މުޅި އިޓަލީ މިހާރު އޮތީ ލޮކްޑައުންގަ އެވެ.

ކޮވިޑް 19 މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 100،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ޖެހިފައެވ. މިބަލި ޖެހުނު މީހުންގެ ތެރެއިން 4300 އެއްހާ މީހުން ވަނީ މަރުވެފަ އެވެ.

ރާއްޖެއިން ވެސް މި ބައްޔަށް ޖުމުލަ އަށް މީހުން މިހާރުވަނީ ޕޮޒިޓިވް ވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top