އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ކޮވިޑް-19 އަށް އާޓެޓާ ޕޮޒިޓިވް ވުމުން އޭނާ ބުނެފައިވަނީ އެއީ ވަރަށް ހިތްދަތި ދަނޑިވަޅެއް ކަމަށާއި، އޭނާ ކޮވިޑް-19 އަށް ޓެސްޓް ހެދީ އެކަމުގެ އަލާމާތްތަކެއް ފެނުމުން ކަމަށެވެ.
ފުޓްބޯޅައިގެ ދުނިޔޭގައި ވެސް ކޮވިޑް-19 ގެ ވަކިތައް މިހާރު ހިއްޕާލާފައިވާއިރު، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގު ވަނީ މެދުކަނޑާލާފައެވެ. މިކަމާއި ގުޅިގެން އިނގެރޭސި ޕްރިމިއާ ލީގުން މިހާރު އަންނަނީ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވެ، އެ ބައްދަލުވުމުގައި ލީގުގެ ކުރިއަށް އޮތް މެޗުތަކާއި މެދު އަމަލުކުރާނީ ގޮތެއް ނިންމުމަށް ތައްޔާރުވަމުންނެވެ.
އާޓެޓާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއިއެކު، އާސެނަލްގެ ހުރިހާ ފަރިތަކުރުންތަކެއް މެދުކަނޑާލާ، ކުޅުންތެރިން ވަނީ އެކަހެރިކޮށްފައެވެ. އަދި އެޓީމުގެ ފަރިތަކުރުންތައް ކުރިއަށްގެންދާ ސްޓޭޑިއަމް ވެސް ވަނީ ބަންދުކޮށްފައެވެ
