ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވަޖީހްގެ ވީޑިއޯއަށް ބޮޑު ސަމާލުކަމެއް!

ދިވެހި ލިޖެންޑަރީ އެކްޓަރ އިސްމާޢީލް ވަޖީހް އަކީ ހުނަރުވެރި އަދި މަޤްބޫލު އެކްޓަރެއްގެ އިތުރުން، އެހާމެ ހުނަރުވެރި ޓީވީ ޕްރެޒެންޓަރެކެވެ. ޓެލެވިޛަން މޯލްޑިވްސްގައި އެތަކެއް ދުވަހު ޚަބަރު ކިޔުމާއި ޕްރޮގްރާމު ހުށައެޅުމާއި އިވެންޓްތައް ކަވަރުކުރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވިއެވެ.

ދިވެހި ތާރީޚް ދުށް އެންމެ ކަޅު އެއް ހާދިސާ، އާދެ 03 ނޮވެމްބަރު 1988ގައި ދިވެހިރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގެ ކަވަރޭޖް ގެނެސްދިނުމަށް، ބަޣާވާތްކުރި ބާޣީން މާލެއަށް ބޭލިވަގުތު އެ ކަވަރޭޖް ގެނެސްދިނުމުގައި ހަރަކާތްތެރިވި ވީޑިއޯތައް މިހާރުވެސް ޔޫޓިއުބުން ބެލެން ހުންނާނެއެވެ.

ދިވެހިންނާއި ކިތަންމެ ދުރުގައި އުޅުނަސް އަބަދުވެސް ވަޖީހްގެ ހިތާއި ރޫޙް އޮންނަނީ ރާއްޖޭގައި ކަން އެކިއެކި މުނާސަބާތަކާއި، ހާދިސާތަކުން ފެނިގެންދެއެވެ. އެގޮތުން ސިންގަޕޫރުގައި ދިރިއުޅެމުން އަންނަ ވަޖީހް މިވަނީ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް އާއި ގުޅޭ ވަރަށް މުހިންމު ވާހަކަތަކެއް ހިމެނޭ ވީޑިއޯއެއް ކުޅެ، އެ ވީޑިއޯ ފޭސްބްކްގައި އާއްމުކޮށްފައެވެ. ދިވެހިންނަށް، ދިވެހިބަހުން ކިޔައިދީފައިވާ ވީޑިއޯއެކެވެ.

https://www.facebook.com/605061132/posts/10158460162466133/?d=n

ވަޖީހް ހިއްސާކޮށްފައިވާ ވީޑިއޯގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަން ޖެހޭ ކަންތައްތައް ވަރަށް ރަނގަޅަށް ބުނެދީފައިވެއެވެ. ކަންކަން ކުރަންވީ ގޮތާއި ނުކުރާންވީ ކަންކަން ބުނެދީފައިވާއިރު، ބައެއް މަންޒަރުތައް ކުޅެފައިވެސް ވެއެވެ.

މީގެ އެއް ދުވަސް ކުރިން، ވަޖީހްގެ ވީޑިއޯ ވަނީ ފޭސްބްކް ޕޭޖް “ސަޅި” މެދުވެރިކޮށް ވެސް ދައްކާފައެވެ. އެ ވީޑިއޯއަށް އެގާރަ ހާހަސް ވުރެން ގިނަ ވިއުޒް ލިބިފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top