މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރުން މިއަހަރު ކުރިއަށް ގެންދިޔަ މަސްވެރިކަމުގެ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ރ. ހުޅުދުއްފާރުގައި ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން، އެ މިނިސްޓްރީން މިއަހަރުވެސް މަސްވެރިކަމުގެ ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް ހިނގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަމްރީނު ޕްރޮގްރާމް މިވަނީ ރ. ހުޅުދުއްފާރުގައި ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.

މާރިޗު މަހުގެ 07 އިން 12 އަށް ރހުޅުދުއްފާރުގައި ހިނގުނު މިތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ ލޭނު މަސްވެރިކަމާއި ތުތިބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީނު ދެވިފައެވެ. މިތަމްރީނުތައް ހިންގުނީ ދެ ބުރަކަށްބަހާލައިގެން، ކޮންމެ ބުރެއްގައި 16 ބައިވެރިން ހިމެނޭ ގޮތަށް ޖުމުލަ 32 ބައިވެރިންނާއި އެކުއެވެ.

މިތަމްރީނުގެ ދެ ބުރުވެސް ހިންގުނީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގައި މަސްވެރިކަމުގެ ތަމްރީނު ހިންގުމަށް ބޭނުންކުރާ ތަމްރީނު އުޅަނދުރީނދޫ އުރަހަދޯނީގައެވެ. މިއުޅަނދަކީ ދެ ބާވަތުގެ މަސްވެރިކަމަށް ބޭނުންވާ އާލަތާއި ސާމާނާއެކު މިފަދަ ތަމްރީނުތަކަށް ފުރިހަމައަށް ތައްޔާރުކުރެވިފައިވާ އުޅަނދެކެވެ. މިތަމްރީނު ޕްރޮގްރާމްގައި އިންސްޓްރަކްޓަރުންގެ ހައިސިއްޔަތުން މަސައްކަތްކުރެއްވީ މިފަދަ ތަމްރީނު ދިނުމުގެ ފުރިހަމަ ތަޖްރިބާ ލިބިފައިވާ މިނިސްޓްރީގެ ޓްރެއިނިންގ ސްޓާފުން ކަމަށްވާ ޕްރޮގްރާމް އޮފިސަރ އަޙްސަން މުޙައްމަދާއި އެސިސްޓަންޓް ޕްރޮޖެކްޓްއޮފިސަރ އަޙްމަދު ރިޔާޒެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.