ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ ސަމާލުވުމަށް އެދެފި

ކޮރޯނާ ވައިރަސްއާ ގުޅިގެން އޮޅުވާލައިގެން މީހުންގެ އަތުން ފަައިސާ ހޯދުމުގެ ހަރަކާތްތަކެއް ބައިނަލްއަގްވާމީ ފެންވަރެއްގައި ކުރަމުންދާތީ އެކަމަށް ސަމާލުވާން ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ކޮރޯނާ ވައިރަސްއާ ގުޅިގެން އާންމުން ކަންބޮޑުވުމެއްގައި ތިއްބާ އިންޓަނެޓް މެދުވެރިކޮށް އޮޅުވާލައިިގެން ފައިސާ ހޯދުމުގެ ހަރަކާތްތަކެއް ދުނިޔޭގައި މިހާރު ހިންގަމުންދާ ކަމުގެ މައުލޫމާތު ބައިނަލްއަގްވާމީ ފުލުހުންގެ ޖަމްއިއްޔާ ކަމަށްވާ އިންޓަޕޯލް އިން ދީފައިވާ ކަމަށެވެ.

އެގޮތުން އިންޓަނެޓް މެދުވެރިކޮށް ފޭކް ފިހާރަތަކާއި ވެބްސައިޓްތަކާއި އީމެއިލް އެކައުންޓްތައް އިތުރުވެފައިވާ ކަމަށް އިންޓަޕޯލް އިން ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތަށް ގިިނަ ފައިސާތަކެއް އާންމުންގެ އަތުން އޮޅުވާލައިގެން އަތުލަމުންދާ ކަމަށާއި އަދި ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގެ ނަމުގައި މީހުންނަށް ގުޅައި، އެ މީހުންގެ އާއިލާގެ މީހެއްގެ ގައިން އެ ވައިރަސް ފެނުނު ކަމަށް ބުނެ ފަރުވާ ކުރަން ފައިސާ ހޯދަން އުޅުމާއި އަދި ސިއްހީ މާހިރުންގެ ނަމުގައި މީހުންގެ ޒާތީ މައުލޫމާތާއި ޕޭމަންޓް މައުލޫމާތުތައް ހޯދަން ވެސް އެދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top