ދިގު މުއްދަތަށް ބޭސްކާންޖެހޭ ފަރާތްތަކަށް އަލުން ބޭސް ސިޓީ ނުހައްދާ ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އާސަންދައިން ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.
ދަރުބާރު ގޭގައި ގާއިމުކޮށްފައިވާ ނޭޝަނަލް ރެސްޕޮންސް ސެންޓަރުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ އަންނަ ހޯމަ ދުވަހުން ފެށިގެން ދިގު މުއްދަތަށް ބޭސް ކާންޖެހޭ މީހުންގެ ބޭސް ސިޓީތައް އޮޓޮމެޓިކުން އާވާނެ އިންތިޒާމު އާސަންދައިން ހަމަޖައްސަމުން އަންނަ ކަމަށެވެ.
ދިގު މުއްދަތަށް ބޭސްކާ މީހުން ވެސް ބޭސް ސިޓީ އާކުރަން ޑޮކްޓަރަށް ދައްކަން ޖެހެ އެވެ.
ކިޔުންތެރިންގެ ޚިޔާލު
