އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އާއްމު ސިއްޙަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އަޅާ ހާއްސަ ފިޔަވަޅުތަކުގެ ދަށުން ދިވެހިރާއްޖޭގައި ހިންގާ ކެފޭ، ރެސްޓޯރެންޓް އަދި މިނޫނަސް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތާގައި ޝީޝާ ބުއިމާއި އަދި ޝީޝާގެ ޚިދުމަތް ދިނުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގައިފިއެވެ.
މިމަހުގެ 20 ފެށިގެން ވަކިގޮތެއް އަންގަންދެން މި ނިންމުމާއި އެއްގޮތަށް އަމަލުކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި މި އެންގުމާއި ގުޅިގެން ދަޢުލަތުގެ ކަމާއިބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށްވެސް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ޚިޔާލު
