މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އާ ގުޅިގެން މި އަހަރުގެ މެއި ޖޫން މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަނޭޝަނަލް އޭއެސް ލެވެލް އިމްތިހާނު މި އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުގައި ބާއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ

މިއީ މިހާރު ޤައުމުތަކަށް ވެރިވެފައިވާ ކޮރޯނާ ވައިރަހުގެ ނުރައްކަލުން ރައްކާތެރިވެތިބުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅު ތަކާއި ގުޅިގެން ރާއްޖޭގެ ސްކޫލުތައް ދިގު މުއްދަތަކަށް ބަންދުކުރަންޖެހުމުގެ ސަބަބުން އެޅި ފިޔަވަޅެއް ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މި ނިންމުން ނިންމައިފައި ވާއިރު މި މަހުގެ 18 ވަނަ ދުވަހު އިމްތިހާނާބެހޭ މައި މަރުކަޒުން ވަނީ މި އިމްތިހާނު އިނގިރޭސި ވިލާތުގެ ސްކޫލްތަކުގައި ނުބޭއްވުމަށް ހަމަޖައްސާފައެެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ދިވެހިރާއްޖޭގެ އިތުރުން ދުނިޔޭގެ އެކިސުކޫލުތައް ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން އެޑިއުކޭޝަނުން ދަނީ ދަރިވަރުން ގޭގައި ތިބެގެން ކިޔެވޭނެ ގޮތާއި ކުރެވިދާނެ މުހިއްމު ކަންކަން ފާހަގަކޮށްދެއްވަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.