ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ލޮލާއި އަނގަ އަދި ނޭފަތުގައި އަތް ނުލުމަށް ޑޮކްޓަރުން ކެނޑިނޭޅި ނަސޭހަތްތެރިވަމުން ގެންދަވައެވެ. ކަން މިހެން އޮތްއިރު، ކޮންޓެކްޓް ލެންސް ބޭނުންކުރައްވާ ފަރާތްތަކުން މިކަމާމެދު އިތުރަށް ސަމާލުކަން ދޭން ޖެހޭކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.
ކޮންޓެކްޓް ލެންސް ބޭނުންކުރައްވާ ފަރާތްތަކުން، ހެނދުނު ލެންސް ލެއްވުމާއި ރޭގަނޑު ނިދުމުގެ ކުރިން ލެންސް ނަގާއިރު ލޮލުގެ ތެތް ބައިގައި އިނގިލި ޖެހެއެވެ.
އެމެރިކަން އެކަޑަމީ އޮފް އޮޕްތަލްމޮލޮޖީގައި މަސައްކަތް ކުރައްވާ ޑޮކްޓަރެއްކަމަށްވާ ޑރ. ސޮނާލް ތުލްސީ ވިދާޅުވީ، ލެންސް ބޭނުންކުރާ ފަރާތްތަކުން މޫނުގައި އަތްލާންޖެހޭ މިންވަރު ނިސްބަތުން ގިނަ ކަމަށާއި، އެއީ ރައްކާތެރި ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން ތުލްސީ އިރުޝާދު ދެއްވަނީ ލެންސް ލައްވާ މީހުން، ލެންސްގެ ބަދަލުގައި އައިނު ބޭނުންކުރަން ފެށުމަށެވެ.
“ލެންސްގެ ބަދަލުގައި އައިނު ބޭނުންކުރުމުން ލޯ ހިރުވުން ކުޑަވުމާއި ލޮލުގެ ތެރޭގައި އަތްލެވުން މަދުވާނެ.” ތުލްސީ ވިދާޅުވިއެވެ. ކޮންޓެކް ލެންސް ބޭނުންކުރާ ފަރާތްތަކުން އިތުރަށް ސާފުތާހިރުކަމަށް ސަމާލުކަން ދޭން ޖެހެއެވެ. އެގޮތުން ލެންސްގައި އަތްލުމުގެ ކުރިން، އަތް ދޮންނަން ޖެހޭ މިންގަނޑަށް ރަނގަޅަށް އަތް ދޮންނަން ޖެހެއެވެ.
ލެންސާއި ޚިލާފަށް އައިނު އެޅުމުގެ އަނެއް ފައިދާއަކީ ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ތިކިތައް ލޮލާއި ހަމައަށް ފޯރާ މިންވަރު ކުޑަކޮށްދިނުމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!