އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަރަންޓީނުކޮށްފިއެވެ.
ނަތަންޔާހޫ ކަރަންޓީނުކޮށްފައި ވަނީ އަރިހުގައި މަސައްކަތް ކުރައްވާ މީހަކު ކޮރޯނާވައިރަހަށް ފައްސިވުމާއި ގުޅިގެންނެވެ.
ނަތަންޔާހޫ އަރިހުގައި މަސައްކަތް ކުރައްވާ ފަރާތެއް ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ވަނީ ނަތަންޔާހޫ އާއި އޭނާގެ އާއިލާ އަދި އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުން ކޮރޯނާވައިރަހަށް ޓެސްޓްކޮށްފައެވެ. އެ އެންމެން ވެސް ނަތީޖާތަކުން ނައްސިވެފައި ވީކަމުގައި ވިޔަސް އެ ޤައުމުގެ ހެލްތު މިނިސްޓްރީން ވަކި ގޮތަކަށް އިރުޝާދު ދެއްވަންދެން ނަތަންޔާހޫ ކަރަންޓީނުގައި ބަހައްޓަން ވަނީ ނިންމާފައެވެ.
ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ފިޔަވަޅުތަށް އިޒުރޭލުން ވެސް ވަނީ އަޅާފައެވެ. ނަމަވެސް މިހާހިސާބަށް އިޒްރޭލުން ވަނީ ކޮރޯނާވައިރަހަށް 4،695 މީހުން ފައްސިވެ 18 މީހުން މަރުވެފައެވެ.
ކިޔުންތެރިންގެ ޚިޔާލު
