ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ބައްޔާ ދެކޮޅަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއުލާނުކުރައްވާފައިވާ “ޕީއެމް ކެއާރޒް” ފަންޑަށް ބޮލީވުޑް ފަންނާނުން 500 މިލިއަން ރުޕީޒް އަށްވުރެ ގިނަ ފައިސާ ހަދިޔާކޮށްފިއެވެ.

އިންޑިޔާގެ ބައެއް މީޑިއާތައް ބުނާގޮތުން ބޮލީވުޑްގެ ފަންނާނުންގެ ތެރޭގައި ހިމެނޭ ހެމާ މާލިނީ، ސަނީ ޑިއޯލް، އަކްޝޭ ކުމާރު، ވަރުން ދަވަން، ކަޕިލް ޝަރުމާ، ރަންދީޕް ހޫޑާ، އާލިއާ ބަޓް، ކާރްތިކް އާރްޔާން، ބޫޝަން ކުމާރް، ޕަވަން ކަލިއާން، މަހޭޝް ބާބޫ، ރަޖްނިކާންތު، ޕްރަޕާޒް، ކަރަން ޖޯހަރް، ރާމް ޗަރަންގެ އިތުރުން ރިތިކް ރޯޝަންވެސް ވަނީ ޕީއެމް ކެއާޒްއަށް މާލީ އެހީ ދީފައެވެ.

އިންޑިޔާގެ ތަރިންގެ ފަރާތުން ބޮޑެތި ޢަދަދުތައް މި ފަންޑަށް ހަދިޔާކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އަކްޝޭ ކުމާރު 25 ކްރޯޑް އިންޑިއަން ރުފީސް ހަދިޔާކޮށްފައިވާއިރު، ޑިޒައިނަރ ޝަބްޔާޗީގެ ފަރާތުން 1.5 ކްރޯޑް، ރައިނާގެ ފަރާތުން 52 ލައްކަ ރުފީސް ހަދިޔާކޮށްފައިވެއެވެ. މީގެ އިތުރުން އިންޑިޔާގެ ކްރިކެޓް ބޮޑީ ބިސީސީއައި އިން 51 ކްރޯޑް ހަދިޔާކުރިއެވެ.

މީގެ އިތުރުންވެސް އިންޑިޔާގެ ޓީވީ ސީރީޒްތަކުގައި މަސައްކަތްކުރާ ފަންނާނުންވެސް އަންނަނީ މިފަންޑަށް އެކިވަރުގެ އެހީތައް ފޯރުކޮށްދެމުންނެވެ.

“ޕީއެމް ކެއާރޒް” ފަންޑަށް އިންޑިޔާގެ ވިޔަފާރިވެރިންވެސް އަންނަނީ ބޮޑެތި އަދަދުތަކުން ފައިސާ ހަދިޔާކުރަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.