ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޭޕްރިލް 30 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު: ރައީސް އޮފީސް

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ ފުރަބަންދުގެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން، ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި، 2020 އެޕްރީލް މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ 30 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސް އޮފީހުން ހަމަޖައްސައިފިއެވެ.

ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖެއްސި ކަމުގައިވިޔަސް، ދައުލަތުން ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، އޮފީސްތައް ހުޅުވައިގެން ޚިދުމަތެއް ފޯރުކޮށްދޭން ޖެހިއްޖެނަމަ، އެ ޚިދުމަތެއް ދިނުމަށް ބޭނުންވާ އެންމެ މަދު މުވައްޒަފުން ނެރެގެން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ލަފަޔާއެކު، އެ އޮފީހެއްގެ ވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން، ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ރައީސް އޮފީހުން ވަނީ އޮފީސްތަކަށް އަންގާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top